ގާނޫނު އަސާސީއާ ހިލާފުވުމަށް ގޮވާލެވޭ މަޝްވަރާގެ މޭޒެއްގައި ރައީސް އިށީންދެވަޑައެއް ނުގަންނަވާނެ: ތަރުޖަމާނު

ގާނޫނު އަސާސީއާ ހިލާފުވުމަށް ގޮވާލެވޭ މަޝްވަރާގެ މޭޒެއްގައި ރައީސް އިށީނދެވަޑައިގަންނަވާނެ ގޮނޑިއެއް ނުހުންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވެއްޖެ އެވެ. ތަރުޖަމާނު މިހެން...

10 Apr 2015 | 12:15

ގާނޫނު އަސާސީއާ ހިލާފުވުމަށް ގޮވާލެވޭ މަޝްވަރާގެ މޭޒެއްގައި ރައީސް އިށީނދެވަޑައިގަންނަވާނެ ގޮނޑިއެއް ނުހުންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވެއްޖެ އެވެ.

ތަރުޖަމާނު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި މުއާޒް ވިދާޅުވެފައިވަނީ "ރައީސަށް ގާނޫނު އަސާސީއާ ހިލާފު ކަންކަން ކުރެއްވުމަށް ގޮވާލެވޭ މަޝްވަރާގެ މޭޒެއްގައި އެމަނިކުފާނު އިށީންދެވަޑައިގަންނަވާނެ ގޮނޑިއެއް ނުހުންނާނެ" ކަމަށެވެ.

ތަރުޖަމާނު މިހެން ވިދާޅުވެފައިވާއިރު ސަރުކާރާ ދެކޮޅު ސިޔާސީ ޕާޓީތަކުން ބުނަނީ މަޝްވަރާގެ މޭޒުދަށަށް އައުން ނޫންގޮތެއް ރައީސް ޔާމީނަށް ނޯންނާނެ ކަމަށެވެ.

އެގޮތުން އިދިކޮޅު ސިޔާސީ ފަރާތްތަކުން މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ރޭ "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން" މިނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް ސައިހް އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ ރައީސް ޔާމީން އަނިޔާވެރިކަން އިސްކޮށްފި ކަމަށާއި މަޝްވަރާ ކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް ދޭނޭ ކަމަށެވެ. އަދި އިތުރު ގޮތެއް ރައީސް ޔާމީނަށް ނޯންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް