މިއީ މިއަދު ޗައިނާގެ ސީޖީޓީއެން މީޑިއާއިން ގެނެސްދީފައިވާ ވީޑިއޯއެއްގެ ވާހަކައެވެ.
އެ ވީޑިއޯގައި ދައްކަނީ މާލެ ސަރަޙައްދުގައި ފެހުމުގައި ހަރަކާތްތެރިވަމުންދިޔަ އައިމިނަތު ވަހީދާގެ ލޮލަށް ދިމާވި މައްސަލައަށް ޗައިނާގެ މެޑިކަލް ޓީމަކުން ހޯދައިދިން ތަސައްލީގެ ވާހަކައެވެ.
އެ ވީޑިއޯގައި ބުނެފައިވާގޮތުގައި އައިމިނަތު ވަހީދާއަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ފެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ދިވެހި ކަނބަލެކެވެ.
"އަޅުގަނޑު ވަރަށް ދެރަވޭ އަޅުގަނޑުގެ ލޯ އެގޮތަށް ބަދަލުވަމުން އަންނާތީވެ، ހިތަށް އެރީ ހަމަ ލޮލުގެ ފެނުން އެއްކޮށް ދަނީބާއޭ، ބައެއް ފަހަރު ވަރަށް ދެރަވެ ރޮވޭ ފަހަރުވެސް އާދޭ، ނިދަން އޮށޯތީމަވެސް އެކަމުގެ އިހުސާސްތައް ވަނީ" އޮޕަރޭޝަންގެ ކުރިން އައިމިނަތު ވަހީދާ ބުނެފައިވެއެވެ.
އެ ވީޑިއޯގައި ބުނެފައިވަނީ ލޮލުގެ ފަރުވާއަށް ހާއްސަ ޗައިނާގެ ޑަކުޓަރުންގެ ޓީމެއް އަންނަ ޚަބަރު ލިބުމުން، ޢާއިލާ މެންބަރުން ދިން ހިތްވަރާއެކު ޗައިނާގެ ޓީމުގެ އެހީތެރިކަން ހޯދަން އައިމިނަތު ވަހީދާ ނިންމައި އޮޕަރޭޝަން ކުރިއަށްގެންދިޔަ ކަމަށެވެ.
"ދިރިއުޅުމަށް ވަރަށްބޮޑު ބަދަލެއް އަންނާނެ، ކުރިން ހިތަށް އެރީ އަޅުގަނޑުގެ މަސައްކަތްވެސް ދެން މި ދިޔައިއްޔޭ، އެކަމް މިހާރު ހިތަށް އަރާ ކުރާ އަޅުގަނޑު ކުރާ މަސައްކަތްވެސް ކުރެވޭނޭ" ޗައިނާގެ މެޑިކަލް ޓީމަށް ޝުކުރު އަދާކުރަމުން އައިމިނަތު ވަހީދާ އެ ވީޑިއޯގައި ބުނެފައިވެއެވެ.
https://www.youtube.com/watch?v=WywU5XBcRRA
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް