ރަކުލް އާއި ޖެކީ ރާއްޖޭގައި

ބޮލީވުޑް ބަތޮލާ ރަކުލް ޕްރީތު ސިންގް އާއި އޭނާގެ ފިރިމީހާ ޖެކީ ބަގްނާނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ. ރަކުލްގެ އިންސްޓަގްރާމް އެކައުންޓުން އެނގޭގޮތުގައި އެ ދެމަފިރިން ޗުއްޓީ ހޭދަކުރަ...

10 Mar 2025 | 15:47

ބޮލީވުޑް ބަތޮލާ ރަކުލް ޕްރީތު ސިންގް އާއި އޭނާގެ ފިރިމީހާ ޖެކީ ބަގްނާނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.

ރަކުލްގެ އިންސްޓަގްރާމް އެކައުންޓުން އެނގޭގޮތުގައި އެ ދެމަފިރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ބެގްލިއޯނީ ރިސޯޓުގައެވެ. މި ދެ ތަރިން ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައިކަންވެސް ރަކުލްގެ އިންސްޓަގްރާމް ޕޯސްޓްތަކުން އެނގެއެވެ.

ކަންނާޑާ ފިލްމަކުން 2009 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނިކުތް ރަކުލް ހިންދީ ފިލްމުތައް ކުޅެން ފެށީ 2015 ވަނަ އަހަރުގައެވެ.

ބޮލީވުޑްގައި މިހާރު ރަކުލް ކުރަމުން އަންނަނީ "ދޭ ދޭ ޕްޔާރް ދޭ 2" ގެ މަސައްކަތެވެ.

ރަކުލްގެ ފިރިމީހާ، ޖެކީ ބަގްނާނީ އަކީ ފިލްމު ކުޅުމުގެ އިތުރުން ފިލްމު އުފެއްދާ ޕްރޮޑިއުސަރެއްވެސް މެއެވެ. އަދި ވިޔަފާރިވެރިއެއްވެސް މެއެވެ.

މި ދެ ތަރިން ކައިވެނި ކޮށްފައިވަނީ ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް