އައްޑޫ ސިޓީގެ ރަށްތަކުން ކަރަންޓު ކެނޑޭތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހީމް ނާޒިލް އެވެ.
އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުގައި ފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރެކެވެ. ނުފެންނަކަމަށް 47 މެންބަރަކު ވޯޓު ދެއްވިއެވެ.
އައްޑޫ ސިޓީއިން ކަރަންޓު ކެނޑޭ މައްސަލަ މި ރަމަޟާން މަސް ފެށިގެން ކުރިއަށްދާއިރުވެސް ހައްލުވެފައިނުވާތީ އައްޑޫ ސިޓީގެ ރައްޔިތުން އަންނަނީ ޝަކުވާ ކުރަމުންނެވެ. އެގޮތުން އެ ޝަކުވާގައި ނިމިދިޔަ ހުކުރު ދުވަހު ހަވީރު އެ ސިޓީގައި އިހުތިޖާޖުވެސް ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް