މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަން އިއުލާނުކޮށްފި

11 މާރިޗް 2024 ވާ ހޯމަ ދުވަހަކީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަން އިއުލާނުކޮށްފިއެވެ. މިކަން އިއުލާނުކޮށްފައިވަނީ ހަނދު ސާބިތު ކުރުމަށް ބޭއްވި ޖަލްސާއަށްފަހު އިއްވި، ހަނދާއިބެހޭ ޤަރާރުގަ...

10 Mar 2024 | 15:55

11 މާރިޗް 2024 ވާ ހޯމަ ދުވަހަކީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަން އިއުލާނުކޮށްފިއެވެ.

މިކަން އިއުލާނުކޮށްފައިވަނީ ހަނދު ސާބިތު ކުރުމަށް ބޭއްވި ޖަލްސާއަށްފަހު އިއްވި، ހަނދާއިބެހޭ ޤަރާރުގައެވެ.

"ހިޖުރީ ސަނަތުން 1445 ވަނަ އަހަރުގެ ޝައުބާން މަހުގެ 29، މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ މާރިޗް މަހުގެ 10 ވީ އާދީއްތަ ދުވަހުގެ އިރު އޮއްސުމަށްފަހު ބައެއް އިސްލާމީ ގައުމުތަކަށް 1445 ވަނަ އަހަރުގެ ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވާތީއާއި ރަމަޟާން މަހާއި ސައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް ދިވެހިރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާ މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ މިހިނގާ މާރިޗް މަހުގެ 11 ވާ ހޯމަދުވަހަކީ، ހިޖްރީ ސަނަތުން 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަސް ކަމުގައި ކަނޑައަޅައިފީމެވެ." ރަމަޟާން މަހުގެ ހަނދާއިބެހޭ ބަޔާން އިއްވަމުން ބުނެފައިވެއެވެ.

މާދަމައަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައިވާއިރު މާދަމާ ވެގެންދާނީ ރަސްމީ ބަންދު ދުވަހަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް