އެޗްޑީސީއިން ރަމަޟާން މަހަށް ފޭސް ދޭއްގައި މަސްމާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ހުޅުވައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރަމަޟާން  މަހަށް  ޚާއްސަކޮށް  ހުޅުމާލެ  ފޭސް  ދޭއްގެ  ޑިންގީ  ހާބަރު  ސަރަހައްދުގައި  މަސްމާރުކޭޓެއް  މިއަދު ހުޅުވައިފިއެވެ. އެޗްޑީސީއިން ބުނެފައިވާގ...

10 Mar 2024 | 14:20

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރަމަޟާން  މަހަށް  ޚާއްސަކޮށް  ހުޅުމާލެ  ފޭސް  ދޭއްގެ  ޑިންގީ  ހާބަރު  ސަރަހައްދުގައި  މަސްމާރުކޭޓެއް  މިއަދު ހުޅުވައިފިއެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި އެ ކޯޕަރޭޝަނުން ދަނީ ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މި މަސް މާރުކޭޓަކީ ހުޅުމާލޭ ފޭސް ދޭއް ގައި ދިރިއުޅޭ ފަރާތްތަކަށް ރޯދަމަހަށް ހާއްސަ ކޮށްގެން އެ ކޯޕަރޭޝަނުން ހުޅުވި މަސްމާރުކޭޓެއް ކަމަށާއި މި މަސްމާރުކޭޓަކީ ފަރުމަސް ބާނާ ފަރާތްތަކަށް ހާއްސަކުރެވިގެން ހުޅުވިފައިވާ މަސްމާރުކޭޓެއްކަމުގައިވެސް އެޗްޑީސީއިން ބުނެއެވެ.

މަސް މާރުކޭޓުގެ އިތުރުން، އެ ކޯޕަރޭޝަނުން ވަނީ ހިޔާ ސަރަހައްދުގައި ލޯކަލް މާރުކޭޓެއްވެސް ހުޅުވާފައެވެ. އެގޮތުން އެ ލޯކަލް މާރުކޭޓުގެ ގޮޅިތައް މިހާރު ވަނީ ހަވާލުކުރެވިފައި ކަމަށާއި ރޯދަ މަސް ފެށުމާއި އެކު މި ލޯކަލް މާރުކޭޓު ހުޅުވި، ރޯދަ މަހުން ފެށިގެން ދެމަސް ދުވަހަށް ކުރިއަށް ދާނެ ކަމަށާއި އަދި މި މާރުކޭޓު ހުންނާނީ ހިޔާ ފްލެޓް 1 އަދި 2  އަދި ވިނަރެސް 9،10 ހުންނަ ސަރަހައްދުގައި ކަމަށް އެޗްޑީސީއިން ބުނެއެވެ. މި މާރުކޭޓުގެ ބޭނުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް މޭވާ އަދި ތަރުކާރީ އަދި އެހެނިހެން ބާވަތްތައް ފަސޭހަކަމާއިކު ލިބޭނެ ގޮތް ހަމަ ޖެއްސުން ކަމުގައިވެސް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީ އިން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލޭގައި ގިނަ ހިދުމަތް ގާއިމްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމަށެވެ. އެގޮތުން މި ރޯދަ މަހުގައި ހުޅުމާލެގައި ދިރި އުޅޭ ފަރާތްތަކަށް ވީހަވެސް ފަސޭހަވާނެހެން ކަންތައް ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް