ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައި ޓްރީ ޓޮޕް ހޮސްޕިޓަލުން، އެ ހޮސްޕިޓަލުގެ "ވެލް ވިމަން ޕެކޭޖް" އިން އެއް މަސް ދުވަހުގެ މުއްދަތަށް ޑިސްކައުންޓް ދިނުމަށް ނިންމައިފިއެވެ.
އެގޮތުން އެ ހޮސްޕިޓަލުން ބުނެފައިވަނީ މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން އަންނަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އެ ޕެކޭޖުން 15 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.
ޓްރީ ޓޮޕްގެ "ވެލް ވިމަން ޕެކޭޖް" އަކީ އަންހެނުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ހާއްސަކޮށް ސަމާލުކަންދީގެން އެ ހޮސްޕިޓަލުން ތައާރަފްކޮށް ކުރިއަށްގެންދާ ޕެކޭޖެކެވެ.
މި ޕެކޭޖްގެ ދަށުން ކްލިނިކަލް އެގްޒަމިނޭޝަންސް ހެދުމާއި ރޭޑިއޯލޮޖީ އިންވެސްޓިގޭޝަންސްތަކާއި އޯޕީޑީ ކޮންސަލްޓޭޝަންގެ އިތުރުން ލެބޯރެޓޮރީ އިންވެސްޓިގޭޝަންތައް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް