މެސީ އަކީ ވަރަށް އަޚްލާޤު ރަނގަޅު މަޑުމައިތިރި ކުޅުންތެރިއެއް - ހާވޭ ރެނާޑް

އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އަކީ ވަރަށް އަޚްލާޤު ރަނގަޅު ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށް ސައުދީ އަރަބިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހާވޭ ރެނާޑް ބުނެފިއެވެ. މީޑިއާގައި މެސީ އާއި ގުޅޭ ގޮތުން ވާހަކ...

10 Mar 2023 | 17:49

އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އަކީ ވަރަށް އަޚްލާޤު ރަނގަޅު ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށް ސައުދީ އަރަބިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހާވޭ ރެނާޑް ބުނެފިއެވެ.

މީޑިއާގައި މެސީ އާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރެނާޑް ބުނީ މެސީ އަކީ ވަރަށް އަޚްލާޤު ރަނގަޅު އެހެން ކުޅުންތެެރިންނަށް ނަމޫނާ ކުޅުންތެރިއެއް ކަމަށެވެ.

އަދި މެސީ އަކީ މުޅި ދުނިޔެވެސް މިހާތަނަށް ދުއް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ވެސް އޭނާ ބުންޏެވެ.

ރެނާޑް ބުނީ މެސީގެ ހުންނަ މަޑުމައިތިރި ރަނގަޅު އަޚްލާޤެއްގެ ސަބަބުން އޭނާ މެސީއާއި ވަރަށް ގަޔާވާކަމަށެވެ. އަދި މެސީ އަކީ ދަނޑުމަތީގައި ވެސް އަދި ދަނޑުން ބޭރުގައިވެސް މަޑުމައިތިރި ކުޅުންތެރިއެއް ކަމަށާއި އެކަމުގެ ސަބަބުން ގިނަ ބައެއްގެ ލޯބި އޭނާ ވަނީ ހޯދާފައިކަމަށެވެ.

އޭނާ ބުނީ މެސީއަކީ ދަނޑުމަތީގައި ކުޅެމުންދާއިރުވެސް ދިމާވާކަންކަމާއި ހިތްހަނަ ނުޖެހިގެން ޝަކުވާ ކުރާ ކުޅުންތެރިއެއް ނޫން ކަމަށާއި މެސީ ބޭކާރު ވާހަކަ ނުދައްކާނޭ ކަމަށެވެ.

އިތުރަށް ރެނާޑް ބުނީ މެސީއަށް އޭނާ ވަރަށް ބޮޑަށް އިޙުތިރާމް ކުރާކަމަށާއި މެސީ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ޝަޙުސިއްޔަތެއް ކަމަށެވެ.

ރެނާޑް މެސީއަށް ތައުރީފުކޮށް މީޑިއާގައި ވާހަކަ ދައްކާފައިވާއިރު، ރެނާޑްގެ ކޯޗުކަމުގައި ސައުދީން ވަނީ އެންމެ ފަހުން ގަތަރުގައި ބޭއްވުނު ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ ބަލިކޮށްފައެވެ. އެއީ އެ މުބާރާތުގައި އާޖެންޓީނާ ބަލިވި ހަމައެކަނި މެވުވެސް މެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް