ބާސާ ދޫކޮށް ދިއުމުގެ ވިސްނުމެއް ނެތް - ފްރެންކީ ޑިޔޮންގް

ސްޕެއިނުގެ ބާސެލޯނާ ދޫކޮށް އެހެން ކުލަބަކަށް ބަދަލުވުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ބާސެލޯނާއަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލަޑަރ ފްރެންކީ ޑިޔޮންގް ބުނެފި އެވެ. ނެދަލެންޑްސްގެ ޒުވާން މި...

10 Mar 2023 | 17:27

ސްޕެއިނުގެ ބާސެލޯނާ ދޫކޮށް އެހެން ކުލަބަކަށް ބަދަލުވުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ބާސެލޯނާއަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލަޑަރ ފްރެންކީ ޑިޔޮންގް ބުނެފި އެވެ.

ނެދަލެންޑްސްގެ ޒުވާން މިޑްފީލްޑަރު ފްރެންކީ ޑިޔޮންގް މެންޗެސްޓަރ ޔުނައިޓެޑަށް ދާން އުޅޭ ކަމުގެ ޔޯލަ ވާހަކަތަކެއް ވަނީ މީސް މީޑިއާގައި ދައުރުވެފަ އެވެ.

އެކަމަކު އެ ޙަބަރު ދޮގުކޮށް، ބާސެލޯނާގައި ގިނަ ދުވަސްތަކެއް ވަންދެން މަޑު ކުރަން ބޭނުންވާ ކަމަށް ޑިޔޮންގް ވަނީ ބުނެފަ އެވެ.

"އަބަދުވެސް މިކަހަލަ ހަބަރުތައް ދާނީ ފެތުރެމުން. އެކަމަކު އަހަރެންގެ ވިސްނުން ބަދަލެއް ނުވޭ. ބާސެލޯނާ ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅެން،" ސްޕެނިޝް މީޑިއާއެއްކަމަށްވާ މުންޑޯ ޑިޕޯޓިވޯއަށް ދިން އިންޓަވިއުއެއްގައި ޑިޔޮންގް ބުނެފައިވެ އެވެ.

އޭނާ ބުނީ ބާސެލޯނާގައި މިވީހާ ދުވަސްވެސް މަޑު ކުރީ ހިތްހަމަ ޖެހިގެން ކަމަށެވެ. އަދި ކުލަބުގެ މެނޭޖްމެންޓުގެ ވެސް ފުރިހަމަ އިތުބާރާއި ޔަގީންކަން ލިބިފައިވާ ކަމަށާއި، މި ޓީމާ އެކު ކުރިއަށްދާން ބޭނުންވާ ކަމަށް ޑިޔޮންގް ވަނީ ބުނެފަ އެވެ.

އަޔެކްސް ދޫކޮށް ޑިޔޮންގް 2019 ވަނަ އަހަރު ބާސެލޯނާއަށް ބަދަލުވީ 75 މިލިއަން ޕައުންޑްއަށެވެ. އެއަށްފަހު އޭނާ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޯޗުގެ އިތުބާރު ހޯދައި، ޓީމުގެ ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ހޯދަން ފަށައިފަ އެވެ.

"ބޮޑެތި އެހެން ކުލަބުތަކުން ޝައުގުވެރިކަން ފާޅުކުރުމަކީ ލިބޭ ބޮޑު ހިތްހަަ ޖެހުމެއް، އަދި އެކަމުގެ ސަބަބުން އަމިއްލަ ނަފުސާއި ދެމެދު އޮންނަ އިތުބާރު ބޮޑުވޭ. ނަމަވެސް އަޒުމަކީ ބާސެލޯނާގައި ގިނަ ދުވަހު މަޑުކުރުން." ޑިޔޮންގް ބުންޏެވެ.

މިހާރު ކުރިއަށްދާ ސީޒަނުގައި އޭނާ ވަނީ ބާސެލޯނާއަށް 22 މެޗު ކުޅެ ދެ ލަނޑު ޖަހައިދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް