ކުޑަކުއްޖެއްގެ ގައިގަ އަތްލި ބޭދީސީ އަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ކަމަށެވެ.
ފުލުހުން ބުނީ ރިޕޯޓު ކުރީ އުމުރުން12 އަހަރުގެ ކުއްޖެއްގެ ގައި ބިދޭސީއަކު ނުރުހުމުގައި އަތްލި ކަމަށް ބުނެ ކަމަށެވެ. އެމީހާ އަތްލީ އެ ކުއްޖާގެ އަތުގައި އެވެ.
ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ ބިދޭސީ މީހާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގަ ހައްޔަރު ކުރީ އިންޑިއާ ފިރިހެނެކެވެ.
ފުލުހުން ބުނީ އިތުރަށް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް