ސޯޝަލް މީޑިއާ މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދުމަށް ހިންގާ ސްކީމްތަކާބެހޭ ގޮތުން ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެމްއެމްއޭއިން ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، މި ސްކީމް ހިންގަމުން ދަނީ ސޯޝަލް މީޑިއާ ނެޓްވޯކްތައް ކަމަށްވާ ފޭސް ބުކާއި ޓެލެގްރާމް ފަދަ ނެޓްވޯތަކުގައި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިފަދަ ސްކީމްތައް ހިންގާ ފަރާތްތަކުން، އާންމުންގެ ކިބައިން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި ކުރީކޮޅުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިން ކަމުން މިފަދަ ސްކީމްތަކަކީ ދެމެހެއްޓޭނެ ސްކީމްތަކެއް ނޫން ކަމަށް ބުނެފައިވެ އެވެ.
އެމްއެމްއޭއިން ބުނީ ސްކީމް ރޫޅިގެންދާ ހިސާބުން، އެ ސްކީމްގައި ބައިވެރިވެ، ފައިސާ ދިން ގިނަ ފަރާތްތަކަަށް އެފަރާތްތަކުން ދިން ފައިސާވެސް ނުލިބި، ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. ސްކީމްއަށް ދޭ ފައިސާ އަކީ ސްކީމް ހިންގާ ފަރާތުން އަނބުރާ ނުދީފިނަމަ، ފައިސާ ޖަމާވާ ބޭންކަށްވެސް އަނބުރާ ދެވޭނެ އެެއްޗެއް ނޫން ކަން އެމްއެމްއޭއިން ހަނދާން ކޮށްދީފައިވެ އެވެ.
އެމްއެމްއޭއިން ވަނީ މިފަދަ ސްކީމްތަކާ މެދު ސަމާލުވުމަށާއި، އޭގައި ބައިވެރި ނުވުމަށް އިލްތިމާސްކޮށްފަ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މި ފްރޯޑު ހިންގަނީ ރާއްޖޭގެ މަޝްހޫރު ބޮޑު ކުންފުންޏެވެ. އަދި މިހާތަނަށް މިހާތަނަށް 30 މިލިއަނަށް ވުރެ ގިނަ ފައިސާ އެ ކުންފުނިން ވަނީ ދައުރުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް