އިންޑިއާގެ މުހިންމު ހަތަރު ސްޓޭޓެއްގެ މަޖިލީސް އިންތިހާބު ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ (ބީޖޭޕީ) ކާމިޔާބު ކޮށްފި އެވެ.
އެއް މަސް ދުވަހަށް ވޯޓުލުން ދެމިގެން ދިޔަ މި އިންތިހާބުގައި ވޯޓުލާފައިވަނީ އުތްރަހާންދް، އުއްތަރް ޕްރަދޭޝް އަދި ގޯއާ އާއި މަނިޕޫރު ސްޓޭޓުގައި އެވެ. ތިން ސްޓޭޓުގެ އިންތިހާބުގައިވެސް އިދިކޮޅު މައި ޕާޓީ ކޮންގްރެސްއިން ވާދަ ކޮށްފަވެ އެވެ.
ލިބުނު ކާމިޔާބާއި ގުޅިގެން އިންޑިއާގެ ޔޫނިއަން ހޯމް މިނިސްޓަރު އަދި ބީޖޭޕީގެ ލީޑަރެއް ކަމަށްވާ އަމިތް ޝާހް ވަނީ ރައްޔިތުން އެ ޕާޓީގެ ކެންޑިޑޭޓުންނަށް އިތުބާރުކޮށް ހޮވައިދިނީތީ ޝުކުރު އަދާކޮށްފަ އެވެ. އޭނާ ވިދާޅުވީ ވޯޓުން ސާބިތުކޮށްދިނީ ފަގީރުންނާއި މެދު ބޮޑުވަޒީރު ނަރެންދްރަ މޯދީ ގެންގުޅުއްވާ ސިޔާސަތަށް ރައްޔިތުން އިތުބާރު ކުރާވަރު ކަމަށެވެ.
މި ނަތީޖާ އާއި އެކު މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ އިންޑިއާގެ މުސްލިމުންނަށް ދިމާވަމުންދާ ފިއްތުންތައް އިތުރުވާނެ ކަމަށް ގަބޫލު ކުރާ ކަމަށް ބުނެފަ އެވެ. އަދި ސްޓޭޓްތަކުގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ގަވަދުތަކަށް ބަދަލު ގެނެސް މުސްލިމުންނަށް އޮތް ދީނީ މިނިވަން ކަމަށް ބީޖޭޕީން ހުރަސް އަޅާނެ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް