ށ. ކޮމަންޑޫ އަދި މަތިކޮމަނޑު ކަނެކްޓިވިޓީ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން އަދި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން މިހާރު ހިއްކިފައިވާ ސަރަހައްދު ވަގުތީ ގޮތުން ހިމާޔަތްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.
އެގޮތުން މިއީ މިހާރަށް ހިއްކިފައިވާ ސަރަހައްދު ގިރައިގެންދިޔަ ނުދިއުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެމްޓީސީސީން ބުނެއެވެ.
. މި މަޝްރޫޢުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަޙައްދު ގުޅުވާލުން ހިމެނޭކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
މީގެ އިތުރުން 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުންވެސް ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 249.90 މިލިޔަން ރުފިޔާގެ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް