ރަޝިއާއިން ޔޫކްރެއިންގައި ކެމިކަލް އަދި ބަޔޮލޮޖިކަލް ހަތިޔާރު ބޭނުން ކުރާނެ ކަމުގެ ބިރު!

ރަޝިއާއިން ޔޫކްރެއިނާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި ބަޔޮލޮޖިކަލް އަދި ކެމިކަލް ހަތިޔާރު ބޭނުން ކުރަން ތައްޔާރުވަމުންދާ ކަމަށް އެމެރިކާއިން ބުނެފި އެވެ. އެމެރިކާގެ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޖ...

10 Mar 2022 | 08:54

ރަޝިއާއިން ޔޫކްރެއިނާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި ބަޔޮލޮޖިކަލް އަދި ކެމިކަލް ހަތިޔާރު ބޭނުން ކުރަން ތައްޔާރުވަމުންދާ ކަމަށް އެމެރިކާއިން ބުނެފި އެވެ.

އެމެރިކާގެ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ޕާކީ ވިދާޅުވީ އެ ގައުމަށް ލިބެމުންދާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު ހަމަލާ ބަދަލުކުރުމުގައި ބޭނުން ކުރަން އެކަށީގެން ނުވާ ނުވަތަ ނުރަނގަޅު ނަތީޖާއެއް ނުކުމެދާނެ ހަތިޔާރު ބޭނުން ކުރަން ރަޝިއާއިން ދަނީ ތައްޔާޜުވަމުންނެވެ. އެ މައުލޫމާތު ހުޅަނގުގެ ބޮޑެތި ހުރިހާ ގައުމަކަށް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެމިކަލް އާއި ބަޔޮލޮޖިކަލް ހަތިޔާރު ބޭނުން ކުރުމަކީ އެމެރިކާއިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. މިފަދަ އާލާތްތައް ހަމަލާ ދިނުމަށް ބޭނުން ކުރުމެކެވޭ ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމެކޭ ވާނީ އެއްވަރު ކަމަށް ވިދާޅުވި އެވެ.

ޔޫކްރެއިންގައިވެސް ކެމިކަލް ހަތިޔާރު ބޭނުން ކޮށްފާނެ ކަމަށް ހުޅަނގުން ގަބޫލު ކުރަނީ ސީރިއާ ހަނގުރާމައިގަވެސް ރަޝިއާއިން އެފަދަ ހަތިޔާރު ބޭނުންކޮށްފައިވާތީ އެވެ.

މިދިޔަ ހަފްތާގައި އިނގިރޭސިވިލާތުން ބުނީ ޔޫކްރެއިންއަށް ވައިގެ މަގުން ހަމަލާ ދިނުމަށް ރަޝިއާއިން ތާމަބޮރިކް ރޮކެޓު ބޭނުން ކޮށްފައިވާ ކަމަށެވެ. އެ ރޮކެޓުތަކަކީ ވެކުއިމް ބޮން ތަކެއް ކަމަށާއި އެ ބޮންތައް ގޮއްވާލުމުން ވަށައިގެންވާ ވައިގެ ތެރޭގައި ހުރި އޮކްސިޖަކްތައް އެއަށް ދަމައިގަނެ ގޮވުމުގެ ބާރު އިތުރަށް ގަދަވި ކަމަށެވެ.

މިފަދަ ހަމަލާތަކަކީވެސް ކެމިކަލް ހަތިޔާރު ބޭނުުން ކުރުމާއި އެއްވަރުގެ ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

ބަޔޮލޮޖިކަލް ހަތިޔާރަކީ ފަންގަސް އާއި ބެކްޓީރިއާ، ތަފާތު ވައިރަސްތައް ބޭނުންކޮށްގެން ދޭ ހަމަލާތަކެވެ. މި ފަދަ ހަމަލާތަކުގެ ސަބަބުން އިންސާނުންނާއި ޖަނަވާރާއި ގަސްގަހާއި ގެހި ނެތި ފަނާވެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް