ސްޓޮކް މަދުވުމުން 20 ރުފިޔާގެ އާ ޗާޕެއް ދައުރުވާ ފައިސާގެ ތެރެއަށް ނެރެފި

20 ރުފިޔާގެ އާ ޗާޕެއް ދައުރުވާ ފައިސާގެ ތެރެއަށް ނެރެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ. އެމްއެމްއޭއިން ބުނީ އާ ޗާޕެއް ނެރެން ނިންމީ މިހާރު ދައުރުވަމުންދާ20 ރުފިޔ...

10 Mar 2022 | 07:48

20 ރުފިޔާގެ އާ ޗާޕެއް ދައުރުވާ ފައިސާގެ ތެރެއަށް ނެރެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭއިން ބުނީ އާ ޗާޕެއް ނެރެން ނިންމީ މިހާރު ދައުރުވަމުންދާ20 ރުފިޔާގެ ނޫޓުގެ އަދަދު ދަށްވުމުން ކަމަށެވެ. މި ނޫޓުތަކަކީ މިޔިޔަ އަހަރުގެ އޮކްޓޯބަރު13 ވަނަ ދުވަހު ޗާޕުކޯށްގެން ރާއްޖެ ގެނައި ސްޓޮކެއް ކަމަށް ބުނެފައިވެ އެވެ.

އަލަށް ޗާޕުކޮށްގެން ނެރުނު 20 ރުފިޔާގެ ނޫޓުގައި ސޮއިކުރައްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޢަލީ ހާޝިމެވެ. މި ނޫޓުގައިވާ ތާރީޚަކީ 01 ޖުލައި 2020، 10 ޛުލްޤަޢިދާ 1441 އެވެ.

އެމްއެމްއޭ އިން ބުނީ އަލަށް ޗާޕުކޮށްގެން މިނެރުނު 20 ރުފިޔާގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 20 ރުފިޔާގެ ނޫޓުވެސް ދައުރުވަމުންދާނެ ކަމަށެވެ.

މީގެ އިތުރުން އެމްއެމްއޭ އިން ބުނީ 2016 ވަނަ އަހަރު ރަންދިހަފަހެއް ނެރުމަށްޓަކައި، 2015 ވަނަ އަހަރު ގެނެސް ގުދަން ކުރެވުނު 20 ރުފިޔާގެ ސްޓޮކު މި މަސް ނިމެންވާއިރަށް އެއްކޮށް ހުސްވާނެ ކަމަށެވެ.

އެހެންވެ އިގުތިސާދަށް ބޭނުންވާ މިންވަރަށް ނޫޓު އަބަދު ވެސް ލިބޭނެ މިންވަރަށް ސްޓޮކްގައި ހުންނަން ޖެހޭތީވެ އާ ޗާޕެއް ނެރުނީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް