ރޯދަ މަހު ކައިވެނިކޮށްދޭ ގަޑިތައް އިއުލާނުކޮށްފި

ފެމެލީ ކޯޓުން، މި އަހަރުގެ ރަމަޟާންމަހު ކައިވެނި ކޮށްދޭ ގަޑިތައް އިއުލާންކޮށްފިއެވެ. ފެމެލީ ކޯޓުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފެމިލީ ކޯޓުން ކަ...

10 Mar 2022 | 07:16

ފެމެލީ ކޯޓުން، މި އަހަރުގެ ރަމަޟާންމަހު ކައިވެނި ކޮށްދޭ ގަޑިތައް އިއުލާންކޮށްފިއެވެ.

ފެމެލީ ކޯޓުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފެމިލީ ކޯޓުން ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ، ހެނދުނު 09:30 އިން 12:30 އަށް ކަމަށެވެ.

އަދި ނުރަސްމީގަޑީގައި ކައިވެނި ކޮށްދޭނީ ރޭގަނޑު 21:30 އިން 23:00 އަށެވެ.

މީގެ އިތުރުން ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭން ހަމަޖެހިފައި ވަނީ ރޭގަނޑު 21:30 އިން 23:00 އަށް ކަމަށް އެ އިއުލާނުގައި ހާމަކޮށްފައި ވެއެވެ.

ފެމިލީ ކޯޓުން ކުރިން ވަކި ދުވަސްތަކެއްގައި ކައިވެނިކޮށްދޭ އުސޫލެއް ގެންގުޅުނު ނަމަވެސް މިހާރު ހަފްތާގެ ކޮންމެ ދުވަހަކު ވެސް ކައިވެނިކޮށްދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް