ސައިކަލެއްގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ ދެ މަޔަކަށް ސައިކަލެއް ހިލޭ!

ސައިކަލެއްގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ ދެ މަޔަކަށް ސައިކަލެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ލިޓަސް އޮޓޯ މޯބައިލްސް އިން ފަށައިފިއެވެ. ހަމަ ކޮންމެ މަޔަކަށްވެސް މިއެހީ ހޯދުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު...

09 Mar 2022 | 19:02

ސައިކަލެއްގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ ދެ މަޔަކަށް ސައިކަލެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ލިޓަސް އޮޓޯ މޯބައިލްސް އިން ފަށައިފިއެވެ.

ހަމަ ކޮންމެ މަޔަކަށްވެސް މިއެހީ ހޯދުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު ލިޓަސް އިން ވަނީ ހުޅުވާލާފައެވެ.

ނަން ނޯޓް ކުރާ ފަރާތްތަކުގެ ހާލަތު ބެލުމަށްޓަކައި ލިޓަސް އިން އައްޔަންކުރާ ޚާއްސަ ކޮމިޓީއަކުން ދިރާސާ ކުރުމަށްފަހު އެންމެ އެހީތެރިކަމަށް ބޭނުންވެފައިވާ ދެ މަޔަކަށް ސައިކަލް ހިލޭ ދޭނެއެވެ.

ނަން ނޯޓް ކުރުމަށް އޮތް ހަމައެކަނި ޝަރުތަކީ މަންމަ އަކަށްވުން ކަމުގައި ލިޓަސް އިން ހާމަކުރެއެވެ.

މީގެ އިތުރުން ލިޓަސް އިން ބުނީ އަމިއްލައަަަށްވެސް ނަންނޯޓް ކުރެވޭނެ ކަމަށާއި އަދި އެހެން މީހަކު މެދުވެރި ކުރުވައިގެންވެސް ނަން ފޮނުވިދާނެކަަމަށެވެ.

އަދި ނަން ނޯޓްކުރުމަށް ލިޓަސް އިން އާންމުކޮށްފައިވާ ޕޯސްޓަށް ކޮމެންޓް ކޮަަށް ނޫނީ ޕޭޖަށް މެސެޖެއް ކޮަށްގެން ވެސް ނަންނޯޓު ކުރެވިދާނެކަމަށް ލިޓަސް އިން ހާމަކުރެއެވެ.

ލިޓަސް އިން އެންމެ ބޭނުންޖެހިފައިވާ ދެ މަޔަކަށް ހިލޭ ފޯރުކޮށްދޭ ސައިކަލް ހޯދަން ނަންނޯޓު ކުރުމުގެ އެންމެފަހު ތާރީޚަކީ 15 މާރިޗް 2022 ކަމުގައި ލިޓަސް އިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް