އެންމެ ގިނަ މީހުން ވެކްސިން ދިން ދުވަހަކީ މިއަދު، 9،000 އިން މަތީގައި

ކޯވިޑް-19 ވެކްސިން ދޭން ފެށި ފަހުން އެންމެ ގިނަ މީހުންނަށް އެއް ދުވަހާ ވެކްސިން ދިން ދުވަހަކަށް މިއަދު ވެއްޖެ އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި މިއަދު ރާއްޖެއި...

10 Mar 2021 | 18:10

ކޯވިޑް-19 ވެކްސިން ދޭން ފެށި ފަހުން އެންމެ ގިނަ މީހުންނަށް އެއް ދުވަހާ ވެކްސިން ދިން ދުވަހަކަށް މިއަދު ވެއްޖެ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި މިއަދު ރާއްޖެއިން 9،781 މީހުންނަށް ކޯވިޑް ވެކްސިން ދީފައިވެ އެވެ.

އޭގެ ތެރެއިން 4،459 މީހުންނަކީ މާލެ ސަރަހައްދުގައި ވެކްސިން ޖެހި މީހުންނެވެ. އަތޮޅު ތެރޭގައި މިއަދު ވެކްސިން ޖަހާފައިވަނީ 5،322 މީހުންނަށެވެ.

މިހާތަނަށް ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ އަދަދު މިއަދު ވަނީ 175،456 އަށް އަރާފައި އެވެ.

އޭގެ ތެރެއިން 99،821 މީހުންނަށް ވެކްސިން ދީފައިވަނީ މާލޭގައި އެވެ. އަތޮޅު ތެރޭގައި ވެކްސިން ދީފައިވަނީ 75،635 މީހުންނަށެވެ.

މާލޭގައި އަށް ސެންޓަރެއްގައި ކޯވިޑް ވެކްސިން ދެމުން ދާއިރު ދެ މޮބައިލް ޓީމް ހަރަކާތްތެރިވެ އެވެ. އަތޮޅު ތެރޭގައި 169 ސެންޓަރެއްގައި ވެކްސިން ދެ އެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީ އެއް ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް