އެއް ރަށެއްގައި 18 އަހަރު ނުފުރޭ ދެ ކުދިން ބަލިވެއިން މައްސަލަ ބަލަނީ

މެދުރާއްޖެ ތެރޭގެ ރަށެއްގައި 18 އަހަރު ނުފުރޭ ދެ އަންހެން ކުދިން ބަލިވެ އިން މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އެބަދެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަތައް ބަލަމުންދަނީ ސެންޓްރަލ...

10 Mar 2021 | 18:04

މެދުރާއްޖެ ތެރޭގެ ރަށެއްގައި 18 އަހަރު ނުފުރޭ ދެ އަންހެން ކުދިން ބަލިވެ އިން މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އެބަދެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަތައް ބަލަމުންދަނީ ސެންޓްރަލް ޕޮލިސް ޑިވިޝަނުން ކަމަށެވެ. އަދި އެ މައްސަލަ ހުށަހަޅާފައިވަނީ ދ. ފ އަދި މ އަތޮޅުގައި ހިމެނޭ ރަށަކުން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީގެ ތެރެއިން ފުރަތަމަ ކުއްޖާ ބަލިވެ އިން މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ އަަރުގެ ޑިސެމްބަރު31 ވަނަ ދުވަހު ކަމަށެވެ. އެކަމަކު މިހާތަނަށް މި މައްސަލައިގަ މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ދެވަނަ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ19 ވަނަ ދުވަހު އެވެ. މި މައްސަލަ އާއި ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވެ އެވެ.

އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ފެބްރުއަރީ މަހުގެ18 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ މި ދެ މައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް