ރާއްޖެއިން އިތުރު 110 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު މާލެއިން ޕޮސިޓިވް ވެފައިވަނީ 84 މީހުންނެވެ. ރިސޯޓުތަކުން 24 މީހުން ވައިރަހަށް ޕޮސިޓިވްވެފައިވާއިރު އަތޮޅު ތެރޭގެ ރަށްތަކުން މިއަދު ކޯވިޑަށް ޕޮސިޓިވްވެފައިވަނީ ދެ މީހުންނެވެ.
ކޯވިޑް-19 އަށް މިއަދު 2،803 ސާމްޕަލް ޓެސްޓުކޮށްފައިވެ އެވެ.
މިވަގުތު ކޯވިޑް ޖެހިގެން ވަރުވާ ދެމުން ދަނީ 2،539 މީހުންނަށެވެ. އޭގެ ތެރެއިން 164 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން 18،534 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. މި ބަލީގައި މަރުވެފައިވަނީ 64 މީހުންނެވެ.
ރާއްޖެއިން މިއަދުގެ ނިޔަލަށް 21،144 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް