ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އަންނަ ހަފްތާގައި ރަސްމީ ދަތުރުފުޅެއްގައި ގަތަރާއި ބަންގްލަދޭޝްއަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.
ރައީސް ގަތަރަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވާ އާދިއްތަ ދުވަހު އެވެ. ބަންގްލަދޭޝްއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 17 ވާ ބުދަ ދުވަހު އެވެ.
ރައީސްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ގަތަރަށް ވަޑައިގެންނަވަނީ އެ ގައުމާ އެކު އަލުން ސިޔާސީ ގުޅުން ގާއިމްކުރުން ފާހަގަ ކުރައްވަން ކަމަށެވެ. އެ ދަތުރުފުޅާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ރައީސް ބަންގްލަދޭޝްއަށް ވަޑައިގެންނަވަނީ އެގައުމުގެ ފުރަތަމަ ރައީސް ޝެއިހް މުޖިބުރް ރަހްމާންގެ ހަނދާނުގައި ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
https://twitter.com/MvSpokesperson/status/1369663424259452931
ރައީސް އެންމެ ފަހުން ގައުމުން ބޭރަށް ވަޑައިގެންނެވީ މިދިޔަ ޖެނުއަރީ މަހު އެވެ. އެފަހަރު ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއްގައި ޔޫއޭއީއަށެވެ.
އެ ދަތުރުފުޅާއި ގުޅޭ މައުލޫމާތު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް