ޔާމީން ގޭ ބަންދަށް ބަދަލު ކުރަންޖެހޭ ވަރުގެ ލިޔުމެއް އަދި ހުށަނާޅަ: ރައީސް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެން ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލު ކުރަންޖެހޭ ވަރުގެ ޑޮކްޓަރުގެ ލިޔުމެއް ހުށަނާޅާ ކަމަށް ރައީސ...

10 Mar 2021 | 12:25

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެން ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލު ކުރަންޖެހޭ ވަރުގެ ޑޮކްޓަރުގެ ލިޔުމެއް ހުށަނާޅާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލަށްލައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އަމަލީ ގޮތުން އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭ ބަންދުގައި ތިބޭ މައްސަލައިގެ ފާޑުކިއުންތަކަށް ރައްދުދެއްވަމުންނެވެ.

ރައީސް ވިދާޅުވީ އަދީބާއި ޒިޔަތު ގޭ ބަންދުގައި ތިއްބެވީ އިޖުރާތުތައް ފުރިހަމަ ކުރުމަށް ފަހު ކަމަށް ކަރެކްޝަންސްއިން މައުލޫމާތުދެއްވާފައިވާ ކަމަށެވެ. އިޖުރާތުތައް ސާފުކޮށްދެއްވަމުން ރައީސް ވިދާޅުވީ އެ ދެބޭފުޅުން ވަނީ ސިއްހީ ހާލަތު ބަޔާންކޮށް ޑޮކްޓަރުގެ ލިޔުން ހުށަހަޅުއްވާފައި ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އަދީބާއި ޒިޔަތު ގޭގައި ބަހައްޓަންޖެހޭ ކަަމަށް ޑޮކްޓަރު ދެއްވާފައިވާ ފަދަ ލިއުމެއް ޔާމީންގެ ލިބިފައެއް ނެތެވެ. އެމަނިކުފާނާ ގުޅިގެން ޑޮކްޓަރުން ލަފާ ދެއްވާފައި އޮތީ ޓެސްޓްތަކެއް ހަދަން ބޭރަށް ފޮނުވަން ކަމަށާއި އެ ފުރުސަތު ޔާމީނަށް އެރުވި ކަމަަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ފުރުސަތު ޔާމީން ބޭނުން ނުކުރެއްވީ ކަމަށެވެ. މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ އަދީބާއި ޒިޔަތު ގޭ ބަންދުގައި ބޭތިއްބުމުގައި ގާނޫނާ ހިލާފު ކަމެއް ނެތް ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލައި ޖަލަށް ހުކުމް އިއްވާފައިވާ ޔާމީންގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އާއި ރިޝްވަތުގެ އިތުރު ދައުވާއެއް އުފުލައި ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަގެންދެ އެވެ. އެކަމަކު އެ ދައުވާތަކަށް ޔާމީން އިންކާރު ކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް