މި ފަސް އަހަރު ރާއްޖޭގައި ކުރާނީ ކޯލިޝަން ވެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައި ވަނީީ، ވެރިކަންކުރާ ކޯލިޝަން ރޫޅާލުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށެވެ.
މި ސަރުކާރު އައީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި، އިރާދަކުރެެއްވިއްޔާ މި ފަސް އަހަރު ކޯލިޝަން ދެމިއޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޯލިޝަން ރޫޅާލައި، ބައިބައިވުމަށް ފުރުޞަތު ދިނުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ކޮވިޑްގެ ސަބަބުން ކުރިއާއި އެއްގޮތަށް ކޯލިޝަންގެ ވެރިންގެ ބައްދަލުވުން ކުރިއަށް ނުގެންދެވޭ ކަމަށާއި، ނަމަވެސް އެމަނިކުފާނާއި ކޯލިޝަންގެ ލީޑަރުންނާ ބަރާބަރަށް ގުޅުން އޮންނަކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް