މައުމޫނު އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގެންނަވާ ވާހަކަ ދޮގުކޮށްފި

ކުރީގެ ރައީސް އަދި މިސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އޮތް އެމްއާރުއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނާއި ގުޅިވަޑައިގެންނަވާ ވާހަކަ ދޮގު ކޮށްފި އެވެ. ...

10 Mar 2021 | 10:50

ކުރީގެ ރައީސް އަދި މިސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އޮތް އެމްއާރުއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނާއި ގުޅިވަޑައިގެންނަވާ ވާހަކަ ދޮގު ކޮށްފި އެވެ.

ރާއްޖެ ޓީވީން މިއަދު ރިޕޯޓު ކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ ކުރިން ރައީސް މައުމޫން އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނާއި ގުޅިގެން ނިންމާފައިވާކަން އެ ސްޓޭޝަނަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހުން ފެށިގެން އިދިކޮޅު މުޒާހަރާތަކުގައި އެމްއާރުއެމްގެ މެމްބަރުން ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

މި ރިޕޯޓާއި ގުޅިގެން ހެރިޓޭޖް މިނިސްޓަރު އަދި މައުމޫންގެ ދަރިކަލުން ޔުމްނާ މައުމޫން ވިދާޅުވީ އެ ވާހަކަތަކީ ދޮގެއް ކަމަށެވެ. އޭނާ ވިދާޅުވީ އެމްއާރުއެމްއިން މިފަދަ އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.

އަދި މިފަދަ މަޝްވަރާއެއް އިދިކޮޅު ފަރާތްތަކާއި ކޮށްފައިނުވާ ކަމަށް ޔމްނާ ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ މި ވާހަކަތަކީ ހަގީގަތް އޮޅުވާލުމަށް ބަޔަކު ދައްކާ ވާހަކަތަކެއް ކަމަށެވެ.

https://twitter.com/yumna_maumoon/status/1369576533187121155

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް