އެމިރޭޓްސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އަނެއްކާވެސް އިތުރު ކޮށްފި އެވެ.
އެމިރޭޓްސް އިން ބުނީ ރާއްޖެ އާއި ސީޝެލްސްއަށް އަށް ކުރާ ދަތުރުތައް އިތުރު ކުރަން ނިންމީ ޑިމާންޑަށް ބެލުމަށް ފަހު ކަމަށެވެ. އެ އެއާލައިނުން ބުނީ ދެ ގައުމުގެ ތެރެއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރާނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ.
ހޫނު މޫސުމާއި ދިމާކޮށް އެ ދުވަހުން ފެށިގެން ރާއްޖެއަށް އެމިރޭޓްސްއިން ހަފްތާ އަކު 28 ދަތުރު ކުރާނެ އެވެ. އެއީ ދުވާލަކު ހަތަރު ދަތުރެވެ.
މި އަދަދަށް ދަތުރު ކުރަން އަދި ނިންމާފައިވަނީ އަންނަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ބުނެފައިވެ އެވެ.
އެމިރޭޓްސްއިން ބޯޑަރު އަލުން ހުޅުވިފަހުން އާންމުކޮށްް ރާއްޖެއަށް ކުރަމުން އަންނަނީ ހަފްތާއަކު 24 ދަތުރެވެ. އެއީ ދުވާލަކު ތިން ދަތުރެވެ.
ޑިމާންޑު ބޮޑުވެ މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅުވެސް އެމިރޭޓްސްގެ ދަތުރުތައް ދުވާލަކު ހަތަރު ދަތުރަށް އިތުރު ކުރި އެވެ.
އެމިރޭޓްސްއަކީ ރާއްޖެއަށް އެންމެ ގިނަ މީހުން ގެންނަ އެއް އެއާލަައިނެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ބައިނަލްއަޤްވާމީ 32 އެއަރލައިނަކުން މިހާރު ރާއްޖެއަށް ދަތުރުކުރަމުންނެވެ. މީގެތެރޭގައި ޝެޑިއުލް ދަތުރުތައް ބާއްވާ އެއަރލައިންތަކާއި، ޗާޓަރ ދަތުރުތައް ބާއްވާ އެއަރލައިންތައްވެސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް