ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ތިން މީހަކަށް އަނިޔާވެއްޖެ

ކުޅުދުއްފުށި ސިޓީގައި  ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ. މި ތިން މީހުންނަށް މިހާރު ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މި އެކްސިޑެންޓް ހިނގާފަ...

10 Mar 2021 | 09:33

ކުޅުދުއްފުށި ސިޓީގައި  ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ. މި ތިން މީހުންނަށް މިހާރު ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު 11 ޖަހާއެހާއިރު، ކުޅުދުއްފުށީ އަތޮޅު ކައުންސިލާ ދިމާ، އަމީނީމަގުގައެވެ.

މި އެކްސިޑެންޓް އެއް ސައިކަލްގައި އިނީ އަންހެނަކާއި ކުއްޖެކެވެ. އެ ދެ މީހުންނަށްވެސް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ. އެމީހުންނަށް ދަނީ ކޭއާރުއެޗުގައި އެމެޖެންސީ ރޫމްގައި ފަރުވާދެމުންނެވެ.

ދެވަނަ ސައިކަލްގައި ދުއްވަން އިނީ ފިރިހެނެކެވެ.  އޭނާގެ މޫނުށް އެކި ވަރުގެ ޒަހަމުތައް ލިބިފައި ވެއެވެ.

އެކްސިޑެންޓްގައި ޖެހުން ދެ ސައިކަލަށްވެސް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ. ފުލުހުން ދަނީ މި އެކްސިޑެންޓް ތަޙްޤީޤް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް