'ފްލާޓް' ކުރަން ނޭނގެނީތަ؟ މިހިރީ ޓިޕްސް ކޮޅެއް!

'ރިލޭޝަންޝިޕް ސައިންޓިސްޓުން' ބުނާގޮތުގައި ފްލާޓް ކުރުމަކީ ފަރުވާތެރި ވާން ޖެހޭ ކަމެކެވެ. ފްލާޓް ކުރުމަކީ އަނެކުންނަށް ތިބާގެ ޝައުގުވެރިކަން ހުރިކަން އަންގައިދޭ ނިޝާނެކެވެ. އަދި ގުޅުމެއްގެ ފުރަތަމަކޮޅ...

10 Mar 2021 | 09:05

'ރިލޭޝަންޝިޕް ސައިންޓިސްޓުން' ބުނާގޮތުގައި ފްލާޓް ކުރުމަކީ ފަރުވާތެރި ވާން ޖެހޭ ކަމެކެވެ.

ފްލާޓް ކުރުމަކީ އަނެކުންނަށް ތިބާގެ ޝައުގުވެރިކަން ހުރިކަން އަންގައިދޭ ނިޝާނެކެވެ. އަދި ގުޅުމެއްގެ ފުރަތަމަކޮޅު ފްލާޓް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ގުޅުމެއް ފަށަން އުޅޭއިރު ފްލާޓް ނުކުރާނަމަ، ގުޅުން ރަނގަޅަށް ނުފެށެނީސް، ނިނުމަކަށް އަތުވެދާނެއެވެ.

1200 އަށްވުރެ ގިނަ މީހުން ބައިވެރި ކޮށްގެން ހަދާފައިވާ ސަރވޭއެއްގައި ވާގޮތުން، ފްލާޓް ކުރާއިރު ގެންގުޅޭ ހަރަކާތްތަކުގެ ސަބަބުން އަނެކުންނާ ވާހަކަ ދެއްކުމުގައި ވެސް ފައިދާތަކެއް ކުރެއެވެ. އެގޮތުން ފްލާޓް ކުރާއިރު، މެދުވަރަކަށް އަނެކާގެ ލޮލަށް ބަލާލައި، ކުޑަކޮށް ވާހަކަ ދައްކާލުމުން ތިމާއަށް އަނެކާ ދޭ ސަމާލުކަން ބޮޑުވެއެވެ. އެއީ ހިނިތުންވެލާފައި، ފަހަރަކު މަދު ވާހަކަކޮޅެއް ދައްކާތީއެވެ.

ފްލާޓް ކުރަން މޮޅު ނަމަ، އެއީ އިންޓަލިޖެންޓް މީހެއްގެ ގޮތުގައި އެހެން މީހުން ސިފަކުރެއެވެ. އޭގެ ސަބަބުން ބައިވެރިޔާވެސް ތިބާއާ ގަޔާވާ މިންވަރު ބޮޑުވެއެވެ. އާއްމުގޮތެއްގައި ވިސްނުންތޫނުކަން ދައްކަން ވެސް އަންހެންކުދިން ފްލާޓް ކުރާ މިންވަރު ގިނައެވެ.

ފްލާޓް ކުރާއިރު މާ އަވަސް އަރުވާލާފައި ނޫޅޭށެވެ. މަޑުމައިތިރިކަމާއި އިޙްތިރާމާއެކު ތިބާއަކީ ތަސައްރަފު ފުދިފައިވާ މީހެއްކަން ދައްކުވައިދޭ ބީދައިން ވާހަކަ ދައްކާށެވެ.

ފްލާޓް ކުރުމުގައި އެންމެ ކާމިޔާބު މީހުންނަކީ ސަކަ މިޒާޖެއްގެ މަޖ ގޮތެއްގައި ފްލާޓް ކުރާ މީހުންނެވެ. އެފަދަ މީހުންގެ ގުޅުންތައް ވެސް ވަރުގަދަ ވެފައި، ބައިވެރިޔާ އުފާވާލެއް ބޮޑުވެއެވެ. ރޮމޭންޓިކް ގުޅުމެއްގެ އެންމެ އިސް ރޯލެއް އަދާކުރާ ކަމަކީ މަޖަލާއެކު ސަމާސާކޮށް ފްލާޓް ކުރުމެވެ.

ފްލާޓް ކުރާއިރު، އެހެން މީހުންގެ ޝައުގުވެރިކަން ދަމައިގަންނަ ފަދަ ގޮތަކަށް ތިބޭ މީހުން، ފްލާޓް ކުރުމުގައި ކާމިޔާބެވެ. ހާއްސަކޮށް ފިރިހެނުންނާ ފްލާޓް ކުރާއިރު މިކަން ވަރަށް މުހިންމުވެއެވެ. އެހެންކަމުން ބައިވެރިޔާއާއެކު ވަގުތު ހޭދަކުރަން ދާއިރު ރީތި ހެދުމެއްގައި، ސަޅި 'ލޫކް' އެއް ހުންން ގޮތަށް ދިއުމަށްފަހު ފްލާޓް ކުރުމުން ނުކުންނަ ނަތީޖާ މާ ރަނގަޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް