ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ އެމަނިކުފާނު ނޫސްވެރިންނާއި ބައްދަލު ކުރައްވާނީ ހަވީރު 4:00 ގައި ކަމަށެވެ. މި ބައްދަލުވުން ޓިވީ ޗެނަލްތަކުން ވަގުތުން ދުރަށް ދައްކާނެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު ރައީސްގެ މިއަދުގެ ބައްދަލުވުގެ މައުލޫ އާއި ގުޅޭގޮތުން މަބްރޫކް އެއްޗެއް ހާމައެއް ނުކުރައްވަ އެވެ.
ރައީސް ސޯލިހު ވަރަށް އަވަހަށް ނޫސްވެރިންނާއި ބައްދަލު ކުރައްވާނެ ކަމަށް ކުރިން ވިދާޅުވެފައިވެ އެވެ.
ރައީސް ސޯލިހު ނޫސްވެރިންނާއި ބައްދަލު ނުކުރައްވާތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. މިއަދުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް