'އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަން'ގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި

15 ފެބްރުއަރީ 2020 އިން ފެށިގެން އެންޒީއިން ކުރިއަށް ގެންދިޔަ "އެންޒީ ވަރަށްފައްކާ ޕްރޮމޯޝަން"ގެ ގްރޭންޑް ލަކީޑްރޯގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފިއެވެ. ގްރޭންޑް ލަކީ ޑްރޯ ނެގިފައިވާނީ 19 ފެބުރު...

10 Mar 2021 | 07:58

15 ފެބްރުއަރީ 2020 އިން ފެށިގެން އެންޒީއިން ކުރިއަށް ގެންދިޔަ "އެންޒީ ވަރަށްފައްކާ ޕްރޮމޯޝަން"ގެ ގްރޭންޑް ލަކީޑްރޯގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފިއެވެ.

ގްރޭންޑް ލަކީ ޑްރޯ ނެގިފައިވާނީ 19 ފެބުރުވަރީ 2021ގައެވެ. ލަކީ ޑްރޯ ނެގުންވަނީ ޓީވީއެމްއިން ލައިވްކޮށް ދައްކާ އަދި އެންޒީ ފޭސްބުކް ޕޭޖުންވެސް ލައިވްކޮށްފައެވެ.

މި ޕްރޮމޯޝަންގެ ކުރިއަށް ގެންގޮސްފައިވަނީ 15 ފެބްރުއަރީ އިން 31 ޑިސެމްބަރު 2020 ގެ ނިޔަލަށެވެ.

އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަން ލޭބަލް ޖަހާފައިވާ މަސްދަޅެއް ގަތުމަށްފަހު، ލޭބަލް ކޮޅު ނައްޓައި، ލޭބަލްގެ އެތެރޭގައިވާ ސީރިއަލް ނަންބަރު 5040 އަށް އެސް.އެމް.އެސް ކުރެއްވުމުން ޕްރޮމޯޝަންގައި ކަސްޓަމަރުންނަށް ބައިވެރިވެވުނެވެ. އަދި މީގެ ތެރެއިން ކޮންމެ މަހަކު ވެސް 3 ނަސީބުވެރިން ހޮވާ، އެންޒީއިންވަނީ ކޮންމެ މަހަކުވެސް ފައިސާގެ އިނާމުތަކެއް ދީފައެވެ.

ތިން ވަނައަށް 1،000ރ ދެވަނައަށް 5000ރ އަދި އެއްވަނައަށް 10000ރ ރުފިޔާ ކޮންމެ މަހަކުވެސް އެންޒީއިން ވަނީ ދީފައެވެ.

މި ޕްރޮމޯޝަންގައި އެސް.އެމް.އެސް ކުރައްވާފައިވާ ހުރިހާ ބޭފުޅުންގެ މެދުގައި ނެގުނު ގްރޭންޑް ލަކީ ޑްރޯގެ ނަސީބުވެރި 3 ފަރާތަކަށް ފައިސާގެ އިނާމުގެ ގޮތުގައި 30،000ރ، 50،000ރ، އަދި 100،000ރ އެންޒީއިން ވަނީ ހުށަހަޅާފައެވެ. ނަސީބުވެރިންނަށް މި ފައިސާގެ އިނާމު ހަވާލުކުރެވުނީ އެންޒީގެ މައި ކުންފުނި އެންސިސް ފިޝަރީސްގައި  މާރިޗު މަހުގެ 7ވަނަ ދުވަހު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ޕްރޮމޯޝަންގެ ހުރިހާ ނަސީބުވެރިންނަށްވެސް ހޮވިފައިވަނީ އަންހެން ބޭފުޅުންނެވެ. މިގޮތުން 3ވަނަ ހޯއްދަވައިގެން 30،000ރގެ ފައިސާގެ އިނާމް ހޯއްދަވާފައިވަނީ އަލްފާޞިލާ އައިޝަތު ސިތުނާއެވެ. 2ވަނަ ހޯއްދަވައިގެން 50،000ރ ގެ ފައިސާގެ އިނާމު ހޯއްދަވާފައިވަނީ އަލްފާޞިލާ އައިމިނަތު ޝާއިރާއެވެ.

އަދި އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަންގެ ފަޚުރުވެރި 1 ވަނަ ހޯއްދަވައިގެން 100،000ރ ގެ ގްރޭންޑް ޕްރައިޒް ލިބިވަޑައިގަތީ އަލްފާޞިލާ ގުނައިޝާ ސަލީމްއަށެވެ. ގުނައިޝާ ވަނީ މި ޕްރޮމޯޝަންގައި ޖުމްލަ 237 އެސްއެމްއެސް ފޮނުވާފައެވެ. 100،000ރ ގެ މި އަގުހުރި އިނާމު ލިބުމުން ގުނައިޝާ ވިދާޅުވީ ލިބޭނެކަމަކަށް އެއްގޮތަކަށްވެސް ހީނުކުރާކަމަށެވެ. އަދި އެންޒީއަށް ވަރަށް ބޮޑަށް ޝުކުރުއަދާ ކޮށް އެންޒީ މަސްދަޅު ވަރަށް މީރު ކަމަށްވެސް ވިދާޅުވިއެވެ.

އިނާމް ހަވާލުކޮށްދެއްވުމަށްފަހު އެންޒީގެ ބެލެނިވެރި ކުންފުނި އެންސިސް ފިޝަރީސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޞިލް މުހަންމަދު ވަސީމް އިސްމާއިލް ވަނީ ހުރިހާ ބައިވެރިންނަށް އެންޒީގެ ނަމުގައި މަރުހަބާ ކިޔާ ޝުކުރު އަދާކުރައްވާފައެވެ. އަދި ކަސްޓަމަރުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެ މިފަދަ އިތުރު ޕްރޮމޯޝަންތައް އަބަދުވެސް ކުރިއަށް ގެންގޮސް ކަސްޓަމަރުންނާއި އެންޒީއާއި ދެމެދު އަބަދުވެސް އުފާވެރި ގުޅުންތައް ޤާއިމް ކުރައްވަމުން ގެންދަވާނެކަމަށް ވިދާޅުވިއެވެ.

ގޭގައި ތިއްބަވައިގެން އެންޒީގެ ކޮންމެ ޕްރޮޑަކްޓެއްވެސް www.enzi.mv  އިން އޯޑަރ ކޮށްލެވޭނެ ކަމަށާއި މަސްކޭސް ނަގާނަމަ، ތެޔޮ މަސްދަޅު ކޭހެއް 555ރ އަދި ފެން މަސްދަޅު ކޭހެއް 530ރ އަށް ލިބޭނެކަމަށް އެންޒީއިން ބުނެއެވެ.

ޕްރޮމޯޝަންގައި ބައިވެރިވުމަށް އަދި އެސް.އެމް.އެސް ކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށްވެސް އެންޒީގެ މެނޭޖްމަންޓްގެ ފަރާތުން ވަނީ ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަންގެ އިތުރު މަޢްލޫމާތު އެންޒީގެ ފޭސްބުކް ޕޭޖުން ލިބޭނެކަމަށް އެންޒީ އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް