100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފައިބަރ ބްރޯޑްބޭންޑުގެ ޚިދުމަތް ށ. މާއުނގޫދޫއަށް މިއަދު ތައާރަފްކޮށްފިއެވެ.
ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަރނެޓްގެ ޚިދުމަތް ށ. މާއުނގޫދޫއިން ބައްލަވައިގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.
"ޑިިޖިޓަލް ޚިދުމަތްތަކާއިއެކު މުޖުތަމައުތައް ކުރިއެރުވުމަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން. އެހެންކަމުން ރާއްޖޭގެ އިތުރު ރަށަކަށް ފެންވަރު ރަނގަޅު އިންޓަނެޓް އަނެއްކާވެސް ފޯރުކޮށްދެވުމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިދިޔަ އަހަރުގެ ތެރޭގައި ވަރަށް ގިނަ ވިޔަފާރިތައް އަދި އާންމު ދިރިއުޅުމަށް މުހިންމު އެތައް ޚިދުމަތްތަކެއްވެސް ޑިޖިޓަލް ޒަރިއްޔާތަކަށް ބަދަލު ކުރަމުންދާއިރު ފެންވަރު ރަނގަޅު އިންޓަނެޓްގެ މުހިންމުކަންވެސް ދަނީ އިތުރުވަމުން. ސުޕަރނެޓްގެ ޚިދުމަތާއިއެކު ށ. މާއުނގޫދޫގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަކާއި ލުއި ފަސޭހަކަން ލިބިގެންދާނެ. މި ފުރުސަތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން." އުރީދޫގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވިއެވެ.
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ.
މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5ގުނަ އިތުރު ސްޕީޑާއެކު %68 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެން ދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.
މިގޮތުން މާއުނގޫދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަރނެޓް ފައިބަރ ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަަމަށް ވެސް އުރީދޫ އިން މައުލޫމާތު ދެއެވެ.
މި ޚިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް: http://ore.do/getsupernet
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް