ބޮލީވުޑްގެ ބަތަލް ރަންބީރު ކަޕޫރު ކޯވިޑް-19 އަށް ޕޮސިޓިވްވުމުން ލޯބިވެރިޔާ އާލިއާ ބަޓް ކަރަންޓިން ވެއްޖެ އެވެ.
ރަންބީރުގެ އިތުރުން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާނީ ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އާލިއާ އަމިއްލައަށް ގޭގައި ކަރަންޓީންވީ އެކުގައި އުޅުނު އެ ދެމީހުން ޕޮސިޓިވްވުމުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި އާލިއާ އަމިއްލައަށް ކަރަންޓީން ވިޔަސް އޭނާ ވަނީ ކޯވިޑަށް ނެގެޓިވްވެފައި އެވެ. އަދި ޓެސްޓު ކުރުމުގެ ކުރިން ކަރަންޓީންވާން ނިންމި އިރުވެސް އޭނާއަށް ބަލި ނުޖެހޭކަން ކަށަވަރެވެ.
ރަންބީރު ޕޮސިޓިވްވިކަން އެނގުމުން ޓެސްޓު ކުރި އިރު އާލިއާ ވަނީ ބައްޔަށް ނެގެޓިވް ވެފައި އެވެ. އާލިއާ ގާތްގަނޑަކަށް ކޮންމެ ދުވަހަކުހެން ކޯވިޑް-19 އަށް ޕީސީއާރު ޓެސްޓު ހަދާ ކަމަށްވެ އެވެ.
ބަންސާނީ އަކީ އާލިއާ މިހާރު މަސައްކަތް ކުރާ ފިލްމު "ގަންގުބާއި ކަތިއާވާޑީ" ގެ ޑައިރެކްޓަރެވެ. ރަންބީރު މިހާރު މަސައްކަތް ކުރަމުންދަނީ ކަރަން މަލްހޯތްރާ ޑައިރެކްޓް ކުރާ ފިލްމު "ޝަމްޝޭރާ" އެވެ.
ބަންސާނީ އާއި ރަންބީރު ކޯވިޑަށް ޕޮސިޓިވް ވުމުން މި ދެ ފިލްމުގެ މަސައްކަތް ވަނީ މަޑުޖެހިފަ އެވެ.
އޭގެ ތެރެއިން "ގަންގުބާއީ ކަތިއާވާޑީ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި 30 ވަނަ ދުވަހު އެވެ. ފިލްމު ޝަމްޝޭރާ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 25 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް