އާޒިމް ކޯވިޑަށް ޕޮސިޓިވް، ކޮންޓެކްޓުންގެ ތެރޭގައި މެމްބަރަކު، މުވައްޒަފަކު ނުހިމެނޭ

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އޭނާ ކޯވިޑަށް ޕޮސިޓިވްވެފައިވަނީ މިދިޔަ ހޯމަ ދުވަހު...

10 Mar 2021 | 05:51

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އޭނާ ކޯވިޑަށް ޕޮސިޓިވްވެފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ އެވެ. ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާރު ވަނީ މީޑިއާގައި އެކަން ކަށަވަރު ކޮށްދެއްވާފަ އެވެ.

ޒިޔާއު ވިދާޅުވީ އާޒިމް ޕޮސިޓިވްވި ނަމަވެސް އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މަޖިލީހުގެ މެމްބަރުންނާއި މުވައްޒަފުން ނުހިމެނޭ ކަމަށެވެ.

އާޒިމް މިވަގުތު އައިސޮލޭޝަންގައި ހުންނެވީ ގޭގައި އެވެ. ހުން އައުން ފިޔަވާ މާބޮޑު ސިއްހި މައްސަައެއް އަދި ކުރިމަތިނުވާކަމަށް އާޒިމް ވިދާޅުވެފައިވެ އެވެ.

މިވަގުތު ކޯވިޑް ޖެހިގެން 2،535 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު އިއްޔެ ވަނީ 21،034 އަށް އަރާފައި އެވެ.

އޭގެ ތެރެއިން 18،428 މީހުން ބަލިން ރަނގަޅުވެފައިވެފައިވާއިރު މި ބަލީގައި މަރުވެފައިވަނީ 64 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް