އަނަސް، އައިމިނާ މަނިކެ އާއި ރުޤިއްޔާ އާއެކު މާލޭގެ ބޯހިޔާވަހިކަމާ ގުޅޭ މަޝްވަރާ ކޮށްފި

އަނަސް، އައިމިނާ މަނިކެ އާއި ރުޤިއްޔާ އާއެކު މާލޭގެ ބޯހިޔާވަހިކަމާ ގުޅޭ މަޝްވަރާ ކޮށްފިއެވެ. އެގޮތުން އަނަސް ބުނެފައި ވަނީ، އައިމިނާ މަނިކެ އާއި ރުޤިއްޔާ އާއެކު، ހިޔާވަހިކަމުގެ ކްރައިޓީރިއާތައް ބަދަލު...

10 Mar 2021 | 05:40

އަނަސް، އައިމިނާ މަނިކެ އާއި ރުޤިއްޔާ އާއެކު މާލޭގެ ބޯހިޔާވަހިކަމާ ގުޅޭ މަޝްވަރާ ކޮށްފިއެވެ.

އެގޮތުން އަނަސް ބުނެފައި ވަނީ، އައިމިނާ މަނިކެ އާއި ރުޤިއްޔާ އާއެކު، ހިޔާވަހިކަމުގެ ކްރައިޓީރިއާތައް ބަދަލު ކުރަންޖެހޭ ވާހަކަ އާއި މާލޭގެ ކަންކަން ނިންމުނުގައި މާލޭ މީހުންގެ މަޝްވަރާ ހޯދާނެ ވާހަކަ ނުހަނު ދެކެވުނު ކަމަށެވެ.

އަނަސް އިތުރަށް ފާހަގަ ކޮށްފައި ވަނީ، އެއް ކަމެއް އެތައް ފަހަރަކު ކުރަން ނުޖެހޭނެ ގޮތަކީ، ރައްޔިތުންގެ ބައިވެރިވުމާއެކު ކަންކަން ނިންމުން ކަމަށެވެ.

https://twitter.com/anasabdulsattar/status/1369509498755354627

މާލޭ ސިޓީ މޭޔަރު ކަމަށް ކުރިމަތި ލާފައިވާ އަނަސް އަބްދުއްސައްތާރު ވަނީ ގެތަކަށް ޒިޔާރަތްކޮށް ކެމްޕޭން ކުރަން ފަށާފައެވެ.

މީގެ ކުރިން އަނަސްގެ ޒިޔާރަތް ކުރުމުގައި، 'ޒާހިރުބެ'ގެ ގެއަށް ގޮސްފައިވެއެވެ. ޒާހިރުގެބެ އުއްމީދަކީ ހާސްކަމާއި ތޮއްޖެހުމުން ސަލާމަތްވެފައިވާ ހިތްފަސޭހަ މާލެއެއް ކަމަށާއި އެ އުއްމީދު ފުރިހަމަކޮށްދިނުމަކީ އެންމެ އިސްކަންދޭނެ އެއް ކަންތައް ކަމަށް އަނަސް ވިދާޅުވެފައި ވެއެވެ.

މާލެ ތަނަކަށްވާނީ، ރައްޔިތުމީހާ އުފާވެގެން ކަމަށް އަނަސް ފާހަގަ ކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް