ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ށ. ޅައިމަގުގައި އާއިލީ ހަވީރެއް ބާއްވައިފި އެވެ.
މިއަދު ހަވީރު ކުރިޔަށް ގެންދިޔަ މި ހަރަކާތްތަކުގައި ވަނީ ކުޑަކުދިންނަށް ތަފާތު ކުޅިވަރުތަކާއި އެކު ހަވީރު ސައެއް ބާއްވާފައި އެވެ. އަދި އެ ރަށު އަންހެނުންގެ ކޮމިޓީގެ މިދިޔަ ދައުރުގެ މެންބަރުންނަށާއި، އަންހެނުން އެކުވެގެން ކުރާ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް ހަދާނީ ލިޔުމާއި އިނާމު ދީފައިވެ އެވެ.
ޅައިމަގު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އިސްނަގައިގެން ބޭއްވި މި ހަރަކާތްތަކުގައި ރަށުގެ އަންހެނުންނާއި އިތުރަށް ގުޅުން ބަދަހި ކުރެވި އުފާވެރި ވަގުތުކޮޅެއް ހޭދަވެގެން ދިޔަ ކަމަށް އެ ކޮމިޓީން މައުލޫމާތުދެ އެވެ.
ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި އާއިލީ ހަވީރުގެ އިތުރުން މާދަމާ މަސް ބޭނުމުގެ މުބާރާތެއްވެސް އޮންނާނެ އެވެ. އެ މުބާރާތުގައި މަސް ބާނާނީ ހުސް އަންހެނުން ކަމަށް އެ ކޮމިޓީން މައުލޫމާތުދެ އެވެ.
މި ހަރަކާތްތަކަކީ ޅައިމަގު އަންހެނުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމަށް ކޮންމެ އަހަރަކު އަންހެނުންގެ ދުވަހާ ދިމާކޮށް އެ ރަށުގައި ބާއްވާ ހަރަކާތްތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް