ދުނިޔޭގެ އެންމެ ބަރު މީހާ ގައިން މަސް ދުވަސްތެރޭ 100 ކިލޯގްރާމް ލުއިކޮށްފި

ދުނިޔޭގެ އެންމެ ބަރު މީހާ ކަމަށްވާ މިސްރުގެ އީމާން އަހުމަދު އޮޕަރޭޝަން ކޮށް 100 ކިލޯގްރާމް ލުއިކޮށްފި އެވެ. އީމާންގެ ބަރުދަން ލުއި ކުރުމަށް އޮޕަރޭޝަން ކުރުމަށް މިދިޔަ މަހު ވަނީ އިންޑިއާއަށް ގެންގޮސްފަ...

10 Mar 2017 | 03:46

ދުނިޔޭގެ އެންމެ ބަރު މީހާ ކަމަށްވާ މިސްރުގެ އީމާން އަހުމަދު އޮޕަރޭޝަން ކޮށް 100 ކިލޯގްރާމް ލުއިކޮށްފި އެވެ.

އީމާންގެ ބަރުދަން ލުއި ކުރުމަށް އޮޕަރޭޝަން ކުރުމަށް މިދިޔަ މަހު ވަނީ އިންޑިއާއަށް ގެންގޮސްފައި އެވެ. އީމާ އިންޑިއާ އަށް ގެންދިޔަ އިރު އޭނާ ގައިގަ 500 ކިލޯގްރާމް ހުއްޓެވެ.

ބަރުވުމުގެ ސަބަބުން އީމާން ގެއިން ނުނިކުމެ އޮންނަތާ މިހާރު 25 ހަކަށް އަހަރުވެއްޖެ އެވެ. އެހެންވެ އީމާންގެ އޮޕަރޭޝަނަށް އިންޑިއާއަށް ގެންދިއުމަށް އޭނާގެ، ގެ ހުންނަ އިމާރާތުން ބޭލުވީ ކެރޭނެތްގެ އެހީގައި ފާރު ހަލާކުކޮށްލައިގެންނެވެ.

އޭނާގެ އޮޕަރޭޝަން ކުރާ މުމްބާއީގެ ޝައިފީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން ބުނީ ދެން މަސައްކަތް ކުރާނީ އީމާންގެ ސިއްހީ ހާލަތު ރަނގަޅު ކުރަން ކަމަށެވެ. އެއީ އޭނާއަށް އަނބުރާ ގައުމަށް ދެވޭފަދަ ހާލަތަކަށް ހަށިގަނޑު ގެނައުމަށް ކަމަށް ބުނެ އެވެ.

އީމާންއަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ އޭނާއަށް ހާއްސަ އެނދެއް ތައްޔާރުކޮށްގެންނެވެ.

އީމާން އިންޑިއާއަށް ގެންގޮސްގެން ފަރުވާ ދެވޭގޮތްވީ އީމާންގެ ކޮއްކޮ އިންޓަނެޓް މެދުވެރިކޮށް އިންޑިއާގެ މަޝްހޫރު ބަރުދަން ލުއި ކުރުމަށް ހާއްސަ ޑޮކްޓަރެއް ކައިރީ އެދިގެންނެވެ. އާއިލާއިން ބުނީ އީމާން ބަރުވުމުގެ ސަބަބުން މީގެ ކުރިން ހާޓްއެޓޭކެއް ޖެހިފައިވާއިރު ބްލަޑް ޕްރެޝަރު މައްޗަށް ދިއުމާއި، ހަކުރު މައްޗައް ދިއުމުގެ އިތުރުން ނިދުމުގައި މައްސަލަ ދިމާވަމުންދާ ކަމަށެވެ.

އީމާން އިންޑިއާއަށް ގެންގޮސް ފަރުވާދޭން ގިނަ ދުވަސް ނަގާނެތީ ވިސާ އަށް އެދުމުން އެކަމަށް އިންޑިއާ ސަރުކާރުން ވަނީ ދެކޮޅު ހަދާފައި އެވެ. ފަހުން ޓުވީޓާގައި އެކަމަށް ގިނަ ބަޔަކު އެދުމުން އިންޑިއާގެ ފޮރިންގ މިނިސްޓަރު ވަނީ ހާއްސަ ހުއްދައެއް ދީފައި އެވެ.

އީމާން އިންޑިއާއަށް ގެންދިޔައީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް