އައިޝްވާރިއާ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ

ބޮލީވުޑްގެ ތަރި އައިޝްވާރިއާ ރާއީ ބައްޗަންގެ ބައްޕަ ކްރިޝްނަރާޖް ރާއީގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ. އޭނާ ބަލިވެގެން މުމްބާއީގެ ލަލިވަތީ ހޮސްޕިޓަލްގައި އެޑްމިޓު ކުރިފަހުން މ...

10 Mar 2017 | 03:42

ބޮލީވުޑްގެ ތަރި އައިޝްވާރިއާ ރާއީ ބައްޗަންގެ ބައްޕަ ކްރިޝްނަރާޖް ރާއީގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

އޭނާ ބަލިވެގެން މުމްބާއީގެ ލަލިވަތީ ހޮސްޕިޓަލްގައި އެޑްމިޓު ކުރިފަހުން މިހާރު ފަސް ދުވަސް ވެއްޖެ އެވެ. ކްރިޝްނަރާޖުގެ ހާލު ސީރިއަސްވެގެން އައިސީޔޫއަށް ބަދަލު ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އައިޝްވާރިއާގެ ބައްޕަގެ ހާލު ވަރަށް ސީރިއަސް އެވެ. އެހެންވެ އިއްޔެ ރޭ އަމީތާބު ބައްޗަންވެސް ވަނީ ކްރިޝްނަރާޖް އަށް ޒިޔާރަތްކޮށްފައި އެވެ.

އައިޝްވާރިއާގެ ބައްޕަގެ ބަލީގެ ތަފްސީލް ނޭނގުނަސް މިދިޔަ ޖެނުއަރީ މަހުވެސް ވަނީ ކްރިޝްނަރާޖް ބަލިވެގެން އެޑްމިޓް ކޮށްފައި އެވެ. އެފަހަރު އެޑްމިޓް ކުރުމުން އިނގިރޭސި ވިލާތުގައި މަސައްކަތެއްގައި ހުރި އަބީޝެކް އާއި ޗުއްޓީއަށް ދުބާއީއަށް ގޮސް ހުރި އައިޝްވާރިއާ ވަނީ ދަތުރު ކުރުކޮށްލުމަށް ފަހު އިންޑިއާއަށް ގޮސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް