ހުމާއި އަރިދަފުސް ރޯގާ ފެތުރެމުންދާތީ އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އޭޖަންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން ބުނީ އެއީ ފަސޭހައިން ގައިން ގަޔަށް އަރާ ބަލިތަކަށް ވުމުން ވަކި ހާއްސަ ކަންތައްތަކަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އާންމުކޮށް ޖެހޭ މިފަދަ ބަލިތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައި އެވެ.
ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހި އަޅާއިރު ޓިޝޫ ފަދަ އެއްޗެއް ބޭނުން ކުރުންކުރުމާއި އެކު ޓިޝޫ ބޭނުންކުރުމަށްފަހު ހާމައަށް އެއްލާ ނުލުން، ރޯގާ ޖެހިއްޖެނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމާއި އެކުދިން އުރައި ނުހެދުން ހިމެނެ އެވެ.
އަދި ގިނައިން ދިޔާތަކެތި ބޭނުން ކުރުން ރަނގަޅެވެ. އޭގެ ތެރޭގައި ކަޅު ސައި، ލުނބޯ، އިނގުރު އަދި މާމުއި ފަދަ މުއިންތައް ބޭނުންކުރުމުގެ އިތުރުން ބޭހުގެ ގޮތުގައި ޕެރެސިޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
ހުން އައިސް އަދި ރޯގާ ޖެހި ތިން ދުވަހަށް ވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފާއާއި އިރުޝާދު ހޯދަން ވަނީ އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް