ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

އަންނަ މަހު 15 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ. އެ ކޮމިޝަނުން ކޮށްފައިވާ އިއުލާނެއް...

10 Mar 2017 | 01:58

އަންނަ މަހު 15 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

އެ ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހު ނިޔަލަށް މަންދޫބަށް ވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އެ ފޯމް އޮންލައިންކޮށްވެސް ހުށަހެޅެ އެވެ.

އަތޮޅުތަކުން ފޯމް ހުށަހަޅާނަމަ ރަށު ކައުންސިލް އިދާރާ އަށާއި އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅޭނެ އެވެ. މާލެއިން ނަމަ ހުށަހަޅަން ޖެހެނީ ބާޖަމާލުއްދީންގައި ހުންނަ އިންތިހާބާއި ބެހޭ މަރުކަޒަށެވެ.

އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ވެސް އިއްޔެ އީސީން ވަނީ ހުޅުވާލާފައި އެވެ. އެކަމަކު އަދިވެސް ކުރިމަތިލި ކެންޑިޑޭޓުންގެ އަދަދު ހާމައެއް ނުކުރެ އެވެ.

މި އިންތިހާބު އަދާލަތު ޕާޓީން ބޮއިކޮޓުކޮސްފައިވާއިރު ޕީޕީއެމްއާއި އެމްޑީޕީ، އެމްޑީއޭ އަދި ޖޭޕީގެ ކެންޑިޑޭޓުން ވާދަ ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް