ވާރޭ ނުވެހި ގިނަ ދުވަސް ވުމުން ބައެއް ރަށްރަށް ފެނަށް ޖެހިއްޖެ

ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން 23 ރަށެއް ފެނަށް ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒަސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނެފި އެވެ. އެ ސެންޓަރުން ބުނި ގޮތުގައި ފެން ހުސްވެގެން ނުވަ އަތޮޅަކ...

10 Mar 2015 | 10:00

ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން 23 ރަށެއް ފެނަށް ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒަސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުން ބުނި ގޮތުގައި ފެން ހުސްވެގެން ނުވަ އަތޮޅަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެއީ ހއ، ހދ، ށ، ރ، ބ، ޅ އަދި ތ. އަތޮޅުގެ އިތުރުން ގއ. އާއި ގދ. އަތޮޅުގެ ރަށްތަކުންނެވެ.

މި ދުވަސް ވަރަކީ ހޫނު ގަދަ ދުވަސް ވަރެއް ކަމުން ކޮންމެ އަހަރަކުވެސް މި ދުވަސް ވަރާ ދިމާކޮށް ރަށްރަށުން ފެން ހުސްވެގެން ރިޕޯޓު ކުރާ ކަމަށް އެ ސެންޓަރުން ބުންޏެވެ.

ޑިޒާސްޓާއިން ވަނީ މިހާތަނަށް ފެނަށް ޖެހިގެން ރިޕޯޓުކޮށްފައިވާ ހަތް ރަށަކަށް ފެން ފޯރުކޮށްދީފަ އެވެ. އަދި މިހާރުވެސް 16 ރަށަކަށް ފެން ގެންދިއުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެ ސެންޓަރުން ބުންޏެވެ.

ޑިޒާސްޓާއިން ރަށްރަށަށް ފޮނުވާ ފެން ރައްކާކުރަނީ އެ ރަށެއްގެ އާންމު ތާނގީތަކުގަ އެވެ. އަދި އެ ފެން ރައްޔިތުންނަށް ފޯރުކޮށްދެނީ އެ ރަށެއްގެ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށް އެ ސެންޓަރުން ބުންޏެވެ.

ޑިޒާސްޓާ އިން ވަނީ މިދިޔަ އަހަރު ވެސް ރާއްޖޭގެ 77 ރަށަކަށް ބޯފެން ފޯރުކޮށްދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް