އުމްރާއަށް މީހުން ގެންދަން އެދުމުގެ މުއްދަތު ކުންފުނިތަކަށް އަނެއްކާވެސް އިތުރުކޮށްދީފި

މިއަހަރު އުމްރާއަށް މީހުން ގެންދަން ޝައުގުވެރިވާ އަމިއްލަ ކުންފުނިތަކަށް ދީފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ. މިއީ މުއްދަތު އިތުރު ކުރި ތިން ވަނަ ފަހަރެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އަ...

10 Mar 2015 | 08:20

މިއަހަރު އުމްރާއަށް މީހުން ގެންދަން ޝައުގުވެރިވާ އަމިއްލަ ކުންފުނިތަކަށް ދީފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

މިއީ މުއްދަތު އިތުރު ކުރި ތިން ވަނަ ފަހަރެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަމިއްލަ ކުންފުނިތަކަށް ދިން މުައްދަތު އިތުރުކުރީ ގިނަ ކުންފުނިތަކުން އިތުރު ވަގުތު ދިނުމަށް އެދި އެ މިނިސްޓްރީއަށް ހުށަހަޅަމުންދާތީ ކަމަށެވެ. މިހާރު ނިންމާފައިވާ ގޮތުން އަމިއްލަ ކުންފުނިތަކުގެ ތެރެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން އެކަމަށް އެދި ހުށަހަޅަން ޖެހެނީ މިމަހުގެ 18 ގެ ނިޔަލަށެވެ.

އުމްރާއަށް މީހުން ގެންދަން ހުށަހަޅާ ކުންފުނިތަކަކީ ގާނޫނު ބުނާ ގޮތަށް ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކަށް ވާންޖެހެ އެވެ. އަދި ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި ހުށަހަޅާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ނުވަތަ އުމްރާއާ ބެހޭ ކަންކަމުގެ އިންތިޒާމުތަކާއި ކަންކަން ބެލެހެއްޓުމަށް އައްޔަންކޮށްފައިވާ އެންމެ އިސްފަރާތަކީ ކުށުގެ ރިކޯޑެއް ނެތް، ފާއިތުވެދިޔަ އަހަރުތަކުގައި އުމްރާ ނުވަތަ ހައްޖުގެ ފައިސާ މެނޭޖު ނުކުރެވިފައިވާކަމަށް މިނިސްޓްރީއަށް ސާބިތުވެފައިވާ ފަރާތެއްކަމުގައި ވެގެން ނުވެ އެވެ.

މީގެއިތުރުން ފަސްލައްކަ ދިވެހިރުފިޔާގެ ބޭންކް ގެރެންޓީއެއް އުމްރާގެ ހުއްދަދެވޭ މުއްދަތަށް ބެހެއްޓުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް