ޕާޓީގެ ޗެއާޕަސަން ކަނޑައަޅާނީ ޕާޓީގެ ރައީސްކަމުގައި ޕީއެންސީން ފާސްކޮށްފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަންގެ މަޤާމަކީ ޕާޓީގެ ރައީސް އައްޔަންކުރާ މަޤާމެއްކަމަށް ކަނޑައަޅައި އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާޙުކޮށްފިއެވެ. މިފަދަ ބަދަލެއް ގެނެސްފައިމިވަނީ އެ...

10 Feb 2025 | 16:51

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަންގެ މަޤާމަކީ ޕާޓީގެ ރައީސް އައްޔަންކުރާ މަޤާމެއްކަމަށް ކަނޑައަޅައި އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާޙުކޮށްފިއެވެ.

މިފަދަ ބަދަލެއް ގެނެސްފައިމިވަނީ އެ ޕާޓީގެ ޗެއާޕާސަން ކަމުގައި މިހާރު ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް މުޢިއްޒުގެ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ބަދަލު ގެނެސްފައިވަނީ އިއްޔެ އެ ޕާޓީއިން ބޭއްވި ލީޑަޝިޕް ބައްދަލުވުމެއްގައެވެ.

އަސާސީ އެ ގަވާއިދަށް އިއްޔެ ބައެއް އިތުރު ބަދަލުތައްވެސް ގެނެސްފައިވެއެވެ. އޭގެ ތެރޭގައި ޕާޓީގެ ނައިބުރައީސުންގެ އަދަދު ހަތަރަކުން ދެއަކަށް ބަދަލުކުރުން ހިމެނެއެވެ. އަދި ނައިބުރައީސް ކަމަށް ކުރިމަތިލެވޭނީ ޕާޓީގެ ރައީސްގެ ރުހުމާއެކުގައި ކަމުގައިވެސް ފާސްކޮށްފައިވެއެވެ.

މި ބަދަލާއެކު ޗެއާޕާސަން ކަމުން އަބްދުއްރަހީމް ބަދަލުކުރުމުގެ ބާރު ރައީސް މުޢިއްޒަށް ލިބިގެންދާނެއެވެ. އަދި ޕާޓީގެ ދެ ނައިބު ރައީސުންވެސް ދެން ކަނޑައެޅިގެންދާނީ ރައީސްގެ ރުހުމާއި އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް