އިމާރާތުން ވެއްޓި ނިޔާވި މީހާގެ ފޮޓޯ ދައުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިމާރާތެއްގެ 09 ވަނަ ފަންގިފިލާއިން ވެއްޓި ނިޔާވި މީހާގެ ފޮޓޯ ދައުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. ސްޓެލްކޯ ޓަވަރު ސީގެ 9 ވަނަ ފަންގިފިލާއިން ވެއްޓި ނިޔާވެފައިވަ...

10 Feb 2025 | 13:05

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިމާރާތެއްގެ 09 ވަނަ ފަންގިފިލާއިން ވެއްޓި ނިޔާވި މީހާގެ ފޮޓޯ ދައުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ސްޓެލްކޯ ޓަވަރު ސީގެ 9 ވަނަ ފަންގިފިލާއިން ވެއްޓި ނިޔާވެފައިވަނީ ހ. ގިނިރާހި އާގެ، އުމުރުން 30 އަހަރުގެ އިބްރާހިމް ޝަރަފް އެވެ.

ފުލުހުން މީޑިއާތަކަށް ދެންމެ ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މީހާ ނިޔާވުމުން އާއިލާއަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި، އާއިލާގެ އިހުސާސް ތަކަށް އިހުތިރާމުކޮށް ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކުގައި ދައުރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެ ޒުވާނާ ވެއްޓިފައި އޮއްވާ ފެނިފައިވަނީ އެ އިމާރާތުގެ ބިއްދޮށް ފަޅިއަށެވެ. ވެއްޓުނީ ކޮން އިރަކު ކަމެއް އަދި އެއީ އިމާރާތުގައި ދިރިއުޅޭ ފަރާތެއް ކަން އަދި ސާފެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް