ކުރިއަށް އޮތް ރަމަޟާން މަހު ޢުމްރާވެރިންނަށް ޑޮލަރުގެ ލިމިޓަށް 1500 ޑޮލަރު އިތުރުކޮށްދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އެ ނިންމުން ނިންމެވިކަން ރައީސް އިޢުލާނުކުރެއްވީ ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވަނީ މި އަހަރު ރަމަޟާން މަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ އުމްރާވެރިއަކަށް ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދެއްވުމަށް އެ ބޭންކަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ދަންނަވާފައިވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް