އިލެކްޝަންސް ކޮމިޝަން (އީސީ( ގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު މުހައްމަދު ޒާހިދު އަދި ނައިބު ރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ގާނޫނަށް މިފަހުން ގެނައި އިސްލާހަކުން އެ ބާރު މިހާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެ ބަދަލާއެކު އީސީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ރައީސް އާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ލިބިދެއެވެ.
ޒާހިދާއި ސޮލާހް އީސީގެ މެންބަރު ކަމަށް އައްޔަންކޮށްފައިވަނީ މިދިޔަ މަސް ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް