އިންޑިއާގައި ކައިވެނި ހަފްލާއެއްގައި ނަށަންހުރި އަންހެނަކު މަރުވެގެން ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް

އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ކައިވެނި ހަފްލާއެއްގައި ނަށަން ހުރި އަންހެނަކު މަރުވެގެން ވެއްޓިއްޖެއެވެ. އުމުރުން 23 އަހަރުގެ އެ އަންހެން މީހާއަކީ އިންދޯރަށް އުފަން، ޕަރިނީތާ ޖައިން ނަމަކަށްކިޔާ އަންހ...

10 Feb 2025 | 05:08

އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ކައިވެނި ހަފްލާއެއްގައި ނަށަން ހުރި އަންހެނަކު މަރުވެގެން ވެއްޓިއްޖެއެވެ.

އުމުރުން 23 އަހަރުގެ އެ އަންހެން މީހާއަކީ އިންދޯރަށް އުފަން، ޕަރިނީތާ ޖައިން ނަމަކަށްކިޔާ އަންހެނެއް ކަމަށާއި އޭނާ މަދްޔަ ޕްރަދޭޝް އަށް ދިޔައީ އޭނާގެ އާއިލާ މީހެއްގެ ކައިވެންޏަށް ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަގޮތުގައި ސްޓޭޖުގައި އޭނާ ނަށަމުންދިޔައީ ހިންދީ ފިލްމު "މެރެ ޔާރްކީ ސާދީހޭ" ފިލްމުގެ ލަވަ "ޝަރާރާ ޝަރާރާ" އަށެވެ.

އެ ވީޑިއޯއިން ފެންނަނީ ނަށަމުންދަނިކޮށް ކުއްލިއަކަށް ސްޓޭޖްމައްޗަށް އޭނާ ވެއްޓޭ މަންޒަރެވެ. އެ ހަފްލާގައި އެވަގުތުތިބި ބައެއް ޑަކުޓަރުންނާއި އާއިލާ މެންބަރުން އެވަގުތު އޭނާއަށް ސީޕީއާރް ދޭން މަސައްކަތް ކުރި ނަމަވެސް އެއްވެސް ހަރަކާތެއް ކޮށްފައިނުވާކަމަށާއި އޭރުވެސް އޭނާ ވަނީ މަރުވެފައިވަކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް