އިހުތިޖާޖު ކުރި ޓެކްސީ ޑްރައިވަރުން އަދި ޓޯކުރި ޓެކްސީތައް ދޫކޮށްލަން ގޮވާލައި ކުއްލި މައްސަލައެއް

މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 11 ވަނަ ދުވަހު ޓެކްސީ ޑްރައިވަރުން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޓެކްސީ ޑްރައިވަރުންނާއި އަދި ޓޯކޮށްފައިވާ ވެހިކަލްތައް ދޫ...

10 Feb 2025 | 04:49

މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 11 ވަނަ ދުވަހު ޓެކްސީ ޑްރައިވަރުން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޓެކްސީ ޑްރައިވަރުންނާއި އަދި ޓޯކޮށްފައިވާ ވެހިކަލްތައް ދޫކޮށްލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އެ ކުއްލި މައްސަލަ ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމެވެ.

މެންބަރު މީކާއީލް ކުއްލި މައްސަލަ ހުށަހަޅަމުން ވިދާޅުވެފައިވަނީ އެކަމަކީ ޓެކްސީ ޑްރައިވަރުން އަދި އެ ޓެކްސީ ޑްރައިވަރުންގެ އާއިލާތައް ކާންބޯންކުރާ މަސައްކަތަށް ހުރަސް އެޅި އެ އާއިލާތައް ބިކަވެ ހާލުގައި ޖެހޭނެކަމެއް ކަމަށް ފެންނަ ކަމަށެވެ. އަދި ސުލްހަވެރި އިހްތިޖާޖަކީ ޤާނޫނުން ކަށަވަރުކޮށްދޭ ކަމަކަށް ވީހިނދު އެ އިހުތިޖާޖުގެ ސަބަބުން ބައެއްގެ މުދަލަކަށް އަދި ފުރާނައަށްވެސް ގެއްލުމެއް ލިބިފައިނުވާހިނދު ޓެކްސީ ޑްރައިވަރުންގެ ޝުޢޫރުތަކަށް ބީރުކަންފަތެއް ދީ އިހްތިޖާޖު ކުރުމަކީ ކުށަކަށް ހަދައި އެ ޑްރައިވަރުން ހައްޔަރުކޮށް ޓެކްސީތައް ޓޯކުރުން ކުށްވެރިކޮށް މީކާއިލްގެ ކުއްލި މައްސަލައިގާ ގޮވައިލެއްވީ އެ ޓެކްސީ ޑްރައިވަރުން ދޫކޮށްލާ އަދި ޓެކްސީތައްވެސް ދޫކޮށްލުމަށެވެ.

މެންބަރު މީކާއީލްގެ ކުއްލި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ވޯޓަށް އެހުމުން ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުގެ ތެރެއިން ހާޒިރުވި 64 މެންބަރުންގެ ތެރެއިން 63 މެންބަރަކު، އެ ކުއްލި މައްސަލަ ބަލައިގަންނަން ފެންނަކަމަށް ވޯޓު ދެއްވިއެވެ. އެހެންކަމުން މިހާރު ކުރިއަށްދަނީ ކުއްލި އެ މައްސަލައަށް ބަހުސް ކުރުމުގެ މަރުހަލާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް