ހައްޖު ކޯޕަރޭޝަންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަނީ

މި އަހަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ ހައްޖު ކޯޕަރޭޝަންގެ ނަމުގައި އޮޅުވާލައިގެން ފޯނު ކޯލްތަކެއް ކުރަމުން ދާތީ އެކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ...

10 Feb 2024 | 13:27

މި އަހަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ ހައްޖު ކޯޕަރޭޝަންގެ ނަމުގައި އޮޅުވާލައިގެން ފޯނު ކޯލްތަކެއް ކުރަމުން ދާތީ އެކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މި އަހަރުގެ ހައްޖު އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ އަމިއްލަ ފަރުދުންތަކެއްގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމުގެ މަސައްކަތްތަކެއް ބަޔަކު ކުރަމުން އަންނަ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އަމިއްލަ ފަރުދެއްގެ އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް އެ ކޯޕަރޭޝަނުން ނާންގާނެ ކަމަށާއި، އެ ކޯޕަރޭޝަންގެ ޚިދުމަތްތަކަށް ފައިސާ ދައްކާނާނީ "މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކަށް ކަމަށެވެ.

ސްކޭމް ކޮށްގެން މީހުންގެ އަތުން ފައިސާ ހޯދުމަކީ ރާއްޖޭގައި ވަރަށް އާއްމު މައްސަލައެކެވެ. ފުލުހުން ބުނީ މިދިޔަ އަހަރުގެ ފަހު ކޮޅުން ފެށިގެން މިއަހަރުގެ މިހާތަނަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގައި 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ މީހުންގެ އަތުން ގެއްލިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ރިކަވާ ކުރެވިފައިވަނީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް