ސަރުކާރުގެ ފަރާތުން ދޭ ހަނޑޫ އަދި ފުށް ހޯދަން ރަޖިސްޓްރީވާކަށް ނުޖެހޭނެ: ޝަރީފް

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވައުދާ އެއްގޮތަށް މި ރޯދަ މަހު ސަރުކާރުގެ ފަރާތުން ކޮންމެ ގޭބިސީއަކަށް ހަނޑޫ އަދި ފުށް ބެހުމަށް ނިންމާފައިވާއިރު، އެ ތަކެތި ހޯދަން ރަޖިސްޓްރީވާން ނުޖެހޭނެ...

10 Feb 2024 | 10:41

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވައުދާ އެއްގޮތަށް މި ރޯދަ މަހު ސަރުކާރުގެ ފަރާތުން ކޮންމެ ގޭބިސީއަކަށް ހަނޑޫ އަދި ފުށް ބެހުމަށް ނިންމާފައިވާއިރު، އެ ތަކެތި ހޯދަން ރަޖިސްޓްރީވާން ނުޖެހޭނެ ކަމަށް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ ރޯދަ މަހަށް ސަރުކާރުން ހަދިޔާ ކުރާ ހަނޑޫ އަދި ފުށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ނުވެ މާލޭގެ ގޭބިސީތަކަށް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

މިދިޔަ ޖަނަވަރީ މަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ފުރަތަމަ ފަހަރަށް ދިވެހި ސަރުކާރުގެ ފަރާތުން މި ރޯދަ މަހު ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ހިލޭ ދެއްވާނެ ކަމަށެވެ.

އޭގެ އިތުރަށްވެސް ކަންތައްތައް ފަހިކޮށްދެއްވާނެކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރު އެއަށްވުރެ ވެސް އިތުރު ކުރައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް