މަޖިލީހަށް ކުރިމަތިލާން ބާކީ ހަތަރު ދުވަސް، އަދި ހުށަހެޅީ އެންމެ 18 އެޕްލިކޭޝަން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް އަދި މިހާތަނަށް ހުށަހަޅާފައިވަނީ އެންމެ 18 އެޕްލިކޭޝަން ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. 93 ދާއިރާއަށް ވާދަކުރުމުގެ ފުރުސަތު އެ ކޮމިޝަނު...

10 Feb 2024 | 06:42

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް އަދި މިހާތަނަށް ހުށަހަޅާފައިވަނީ އެންމެ 18 އެޕްލިކޭޝަން ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

93 ދާއިރާއަށް ވާދަކުރުމުގެ ފުރުސަތު އެ ކޮމިޝަނުން ހުޅުވާލީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގައެވެ. މުއްދަތު ހަމަވާނީ މި ހިނގާ ފެބްރުއަރީ މަހުގެ 14 ވާ ބުދަ ދުވަހަށެވެ.

މިކަމާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކޮމިޝަނުންގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އިޢުލާން ކުރިތާ މިވީ 12 ދުވަސް ކަމަށާއި އިންތިޚާބަށް ކުރިމަތިލުމަށް ބާކީ ދެން އޮތީ 4 ދުވަސް ކަމަށެވެ. އަދި  އިންތިހާބުގެ ތާރީޚަށް ބަދަލެއް އަޔަސް، އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދެން އިތުރު މުއްދަތެއް ނުދޭނެ ކަމަށެވެ.

ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ

  • ފެބުރުއަރީ 14 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 2:00.
  • ހޮނިހިރު ދުވަހު އަދި ރަސްމީ ދުވަސްތަކުގައި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ން މެންދުރުފަހު 14:00 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި.

ހަބީބް ވިދާޅުވެފައިވަނީ މިހާތަނަށް އީސީއަށް ލިބިފައިވާނީ 18 އެޕްލިކޭޝަން ފޯމު ކަމަށެވެ.

"އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދުކުރާ މަދުވެގެން 50 މީހުންގެ ސޮޔާއެކު އެ ފަރާތްތަކުގެ އައިޑެންޓިޓީ ކާޑު ގެ ދެފުށުގެ ސާފު ކޮޕީ ހުށަހަޅުއްވަންޖެހޭ، ދަރަނީގެ ރެކޯޑް އޮތްނަމަ، އެ ދަރަނި އަދާކުރަމުން ދާކަމުގެ ހެކި ހުށަހަޅަންޖެހޭ، އެކައުންޓް ހުޅުވުމުގައި، ދިމާވި ދަތިތައް ޙައްލުކުރުމަށް އެމްއެމްއޭ އިން ވަނީ ބޭންކުތަކުގައި ދަންނަވާފައި" ހަބީބް ވިދާޅުވެފައިވެއެވެ.

ހަބީބް އިތުރަށް ވިދާޅުވެފައިވަނީ އެންމެ ފަހު ވަގުތުގައި ފޯމު ލައްވަން މަޑުކުރައްވައިފިނަމަ، ފަހަރެއްގައި ފޯމުގެ މައްސަލައެއް ދިމާވެގެން ފޯމު އިސްލާޙް ކުރަން ޖެހިއްޖެ ހިނދެއްގައި، ފޯމު އިސްލާޙް ކުރުމުގެ ފުރުޞަތު ލިބިވަޑައިނުގެންފާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް