ގާސިމްގެ އެޑްވައިޒަރަކަށް ނިހާން

ވިލިމާލެ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަހުމަދު ނިހާނު ހުސެއިން މަނިކު ޖުމުހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރުގެ ޢެޑްވައިޒަރު ކަމަށް މިއަދު އައްޔަނު ކޮށްފިއެވެ. ޖުމްހޫރީ ޕާޓީން މިއަދު ބުނީ އަހުމަދު ނިހާނު ...

10 Feb 2023 | 17:53

ވިލިމާލެ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަހުމަދު ނިހާނު ހުސެއިން މަނިކު ޖުމުހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރުގެ ޢެޑްވައިޒަރު ކަމަށް މިއަދު އައްޔަނު ކޮށްފިއެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބުނީ އަހުމަދު ނިހާނު ހުސެއިން މަނިކު އެ ޕާޓީގެ ލީޑަރުގެ ޢެޑްވައިޒަރު ކަމަށް މިއަދު އައްޔަނު ކޮށްފައިވާ ކަމަށެވެ.

އަދި މިއަދުން ފެށިގެން ނިހާނުއަކީ ޖޭޕީގެ ކައުންސިލު މެންބަރެއް ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.

ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރު ކަމަށް އައްޔަނު ކޮށްފައިވާ ކުރީގެ މަޖިލިސް މެންބަރު ނިހާންއަކީ ޕީޕީއެމްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށް ޕީއެންސީއަށް ބަދަލުވެ އަދި އެއަށްފަހު ސިޔާސީ މަސްރަހުން ގިނަ ދުވަސްތަކަކަށް ނުފެނި ދިޔަ ފަރާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް